ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން އޮމާންގެ މާލީ ވަޒީރާއެކު މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން އޮމާންގެ މާލީ ވަޒީރާއެކު މަޝްވަރާކޮށްފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން އޮމާންގެ މާލީ ވަޒީރާއެކު މަޝްވަރާކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، މި ދަތުރުފުޅުގައި ޑރ. ޚަލީލް އޮމާންގެ މާލީ ވަޒީރާ ބައްދަލުކުރައްވާ، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

މީގެއިތުރުން، ޑރ. ޚަލީލް އޮމާންގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން