މަސްވެރިންގެ ދަފްތަރުން ޒުވާނުން މަސްވެރިކަމަށް ނުކުތުމަށް މަގުފަހިވާނެ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މަސްވެރިންގެ ދަފްތަރުން ޒުވާނުން މަސްވެރިކަމަށް ނުކުތުމަށް މަގުފަހިވާނެ: ވަޒީރު ޝިޔާމް

ސަރުކާރުން އެކުލަވާލަމުންދާ މަސްވެރިންގެ ދަފްތަރުން ޒުވާނުން މަސްވެރިކަމަށް ނުކުތުމަށް މަގުފަހިވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމުން މަސްވެރިންނަށް ބޭންކު ލޯނުތައް ލިބުން ފަސޭހަވެ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށްވެ، އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުވާނެއެވެ. މީގެ އިތުރުން، މިހާރު މަސްވެރިކަމުގެ ލައިސަންސް ލިބިފައިވާ 90 އިންސައްތަ އުޅަނދު ދަފްތަރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ "މަސްވެރިންގެ ގުންޒަރު" 11 އިން 13 ޑިސެންބަރަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި ގުންޒަރުގައި 22 ރަށަކުން 43 މަސްވެރިންނާއި 8 މަސް ޕްރޮސެސްކުރާ ކުންފުނި ބައިވެރިވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހުކުރު ދުވަހު ދަރުބާރުގޭގައި ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންގެ ދަފްތަރު އެކުލަވާލުމަކީ ދިވެހި މަސްވެރިކަމުގެ ދާއިރާއަށް ގެނެވޭ މުހިންމު ބަދަލެއްކެވެ. އަދި މިކަމުން މަސްވެރިންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން