ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެެއްވާ 50 ޓަނުގެ ކަދުރު ރާއްޖެ އަތުވެއްޖެ ކަމަމށާއި ކަދުރު މިހާރުވަނީ އިސްލާމިކް މިނިސްޓްރީ އަށް ލިބިފައިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ. މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ." ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީއަށް ލިބޭ ކަދުރު އިސްލާމިކް މިނިސްޓަރުކަމުގައި ކުރިން ހުންނެވިއިރުވެސް ވަރަށް ރަނގަޅު އުޞޫލުން ބައްސަވާފައިވާކަން ފާހަގަކުރެވެއެވެ. އެއިގެ ފަހުން އެކަން ވަރަށް ބޮޑަށް ބޮއްސުންލައިގެން ގޮސްފައިވާކަންވެސް ފާހަގަކުރެވެއެވެ.