ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބަންގި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބަންގި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މޮސްކް ސެކްޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބަންގި މުބާރާތް "ނޫރުލް އަޛާން 1446" ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައި ފިޒިކަލްކޮށް ކަމަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024 ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބަންގި މުބާރާތް ކަމަށްވުމާއެކު، ޒުވާނުންގެ މެދުގައި އިސްލާމީ ޝިޢާރުތަކަށް ޝައުޤުވެރިކަން އިތުރުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ޙަރަކާތެއް ކަމުގައި ބެލެވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިނިސްޓްރީން ޚާއްޞަ ލިންކެއް ޙިއްޞާކޮށްފައިވެއެވެ. އެ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކޮށް ސަބްމިޓް ކުރުމަށް މިނިސްޓްރީން އިރުޝާދު ދީފައިވެއެވެ.

މިއަދު އޮންލައިން