ރާއްޖެއާއި އޮމާނާ ދެމެދު 2 އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ރާއްޖެއާއި އޮމާނާ ދެމެދު 2 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އޮމާނާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ސިޔާސީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމާއި، ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން، އާންމު ރައްޔިތުންނަށްވެސް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވޭނެ މަގުފަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވުނު ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އަވަހަށް ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި ވިޔަފާރި، ފަތުރުވެރިކަން، ތަޢުލީމު އަދި އިންވެސްޓްމަންޓް އިތުރުކުރުމާ ބެހޭގޮތުންވެސް ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވުނެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖެއާއި އޮމާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން