ފުވައްމުލަކު ސިޓީގެ، އެސްޓީއޯ މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ހިންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ފުވައްމުލަކު ސިޓީގެ، އެސްޓީއޯ މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ހިންގައިފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ފުވައްމުލަކު ސިޓީގެ، އެސްޓީއޯ މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ހިންގައިފިއެވެ.

ޑިސެންބަރު 11 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި މި ކުލާހުގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައި ދީފައެވެ.

އެސްޓީއޯގެ 25 މުވައްޒަފުން ބައިވެރިވި މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން