"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހުޅުމާލެއިން ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހުޅުމާލެއިން ނެގޭނެ އިންތިޒާމު ހަމަޖައްސައިފި

"އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހުޅުމާލެއިން ނެގޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ މައުލޫމާތުގައި ހުޅުމާލޭގައި ޕާސްޕޯޓް ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވަނީ ދެ ތަނެއްގައެވެ. އެއީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ތިރީ ފަންގިފިލާ އާއި ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް 2ގެ އެއްވަނަ ފަންގިފިލާއެވެ.

މީގެ އިތުރުން، އިމިގްރޭޝަނުން ފާހަގަކޮށްފައިވަނީ އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިހާރު ޕާސްޕޯޓުގެ ޚިދުމަތް ލިބެނީ މާލެ ސަރަޙައްދު، ސިޓީތައް، ހއ. ދިއްދޫ އަދި ދ. ކުޑަހުވަދޫގައެވެ. އަދި ލ. ފޮނަދޫގައި މިއަހަރު މި ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި އައު އިންތިޒާމާއެކު، "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ހުޅުމާލެއިން ޕާސްޕޯޓު ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯޓު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން