އަލިފާނުގެ ހާދިސާއާ ގުޅިގެން 29 މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
އަލިފާނުގެ ހާދިސާއާ ގުޅިގެން 29 މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި

މާލޭގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 3 އިމާރާތުގެ 7 ގޭބިސީއަކުން 29 މީހުން ވަގުތީ ހިޔާއަކަށް ބަދަލުކުރެވެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފިއެވެ.

އެންޑީއެމްއޭގެ ބުނެފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ޤާއިމްކުރެވި، 50 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދެއެވެ. އަދި ބައެއް މީހުން އާއިލާގެ ގެތަކަށް ބަދަލުވެފައިވާ ކަމަށްވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، މި ހާދިސާއިން ގެއްލުން ލިބުނު ފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދެވެމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.


މިއަދު އޮންލައިން