ކުރީ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީން ބަދަލު ދިން މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ކުރީ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީން ބަދަލު ދިން މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް މަޖިލީހުން ފާސްކޮށްފި

ކުރީ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީން ބަދަލު ދިން މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ތަޙުޤީޤުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް އަދި ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޝިޔާމްގެ މައްޗަށް ތަޙުޤީޤު ހިންގުމަށް ވަނީ ނިންމާފައެވެ.

މި ފަރާތްތަކުގެ މައްޗަށް ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތު ކުރެވޭކަމަށް މަޖިލީހުން ފާހަގަކޮށްފައިވެއެވެ. އަދި 2019 އިން 2023 އަށް ބަދަލު ދިނުމުގެ އެއްބަސްވުންތައް ބާޠިލުކުރުމަށާއި، މާލިއްޔަތު ޤާނޫނާ ޚިލާފަށް ދީފައިވާ ބަދަލުތައް އަނބުރާ ހޯދުމަށްވެސް މަޖިލީހުން ނިންމާފައިވެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވިދާޅުވެފައިވަނީ މިއީ ވަކި މީހަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫންކަމަށެވެ. ނަމަވެސް، މިއީ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ބަލައި، ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން