ޤާނޫނު އަސާސީގެ ބާރުކަނޑުވާލައިގެން އިދިކޮޅުން ނިކުންނަން ޖެހޭނެ އެއްވެސް ކަމެއް މިސަރުކާރުން ނުކުރޭ: ޢަބްދުއްރަޙީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤާނޫނު އަސާސީގެ ބާރުކަނޑުވާލައިގެން އިދިކޮޅުން ނިކުންނަން ޖެހޭނެ އެއްވެސް ކަމެއް މިސަރުކާރުން ނުކުރޭ: ޢަބްދުއްރަޙީމް

ޤާނޫނު އަސާސީގެ ބާރުކަނޑުވާލައިގެން އިދިކޮޅުން ނިކުންނަން ޖެހޭނެ އެއްވެސް ކަމެއް މިސަރުކާރުން ކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެވެ.

މަޖިލީހުގެ މި އަހަރުގެ އެންމެ ފަހު ދައުރުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބާބު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ "ޤާނޫނު އަސާސީގެ ދިފާއުގައޭ ކިޔައިގެން ދާއްކާނެ އެއްވެސް ހަޤީޤަތެއް އޮތްވާހަކައެއް ނޯންނާނެ. ޕީއެންސީގެ ސަރުކާރު އުފެދުނު ފަހުން އަދި މިހާތަނަށް 20 ވަނަ ރައްޔިތުންގެ މަޖިލީސް އައިިފަހުންވެސް ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ" ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޕީއެންސީގެ މަސައްކަތަކީ ޤާނޫނު އަސާސީގެ ބާރު ދެމެހެއްޓުމާއި، ގެއްލިފައިވާ ޤަދަރާއި އިޙްތިރާމް ހޯދުން ކަމަށެވެ.

ނަމަވެސް އެމްޑީޕީ ވެރިކަމުގައި ޤާނޫނު އަސާސީއާ ޚިލާފަށް މަސައްކަތްކޮށްފައިވާކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ފުރަތަމަ އަދި ދެވަނަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދަވަން ޖެހޭކަންކަން ރުހުން ނުހޯއްދަވާ ކުރެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލީހުގެ މި ދައުރުގައި ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ފާހަގަކުރެއްވިއެވެ. މި އިސްލާހަކީ ރައްޔިތުން ބާރުވެރިކުރުވުމަށް ގެނައި އިސްލާހެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން