އެވޮކާޑޯގައި ހުންނަ "އަންސެޗުރޭޓެޑް ފެޓްސް" އަކީ ހިތުގެ ސިއްހަތަށް ރަނގަޅު އެއްޗެކެވެ
ކޮލެސްޓްރޯލްގެ މިންވަރު މަތިވުމަކީ އެތެރޮސްކްލޮރޯސިސް (ނާރުތައް ބޯވުން ނުވަތަ ހަރުވުން) އަދި މިހެންވުމުން ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ކާޑިއަކް އިވެންޓްތަކުގެ އެއް ސަބަބެވެ.
އެވޮކާޑޯ އިން ކޮލެސްޓްރޯލް ބެލެންސް ކުރަނީ ސިއްހަތަށް ފައިދާހުރި މޮނޯއަންސެޗުރޭޓެޑް ފެޓްސްގެ ތެރެއިން ކަމަށާއި، މިއީ "ލޭގައި ކޮލެސްޓްރޯލް އާއި އެހެނިހެން ފެޓްތައް މަދުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ." ކުރެވުނު ބައެއް ދިރާސާތަކަށްފަހު ބުނެފައިވަނީ އެވޮކާޑޯ ބޭނުންކުރުމުން ކޮލެސްޓްރޯލް މަތި މީހުންނަށް ޖުމްލަ ކޮލެސްޓްރޯލް އަދި އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު ދަށްވެދާނެ ކަމަށެވެ.
އެވޮކާޑޯގައި ހިމެނޭ މިނަރަލް ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރުމާ ގުޅުން ހުރި އެއްޗެކެވެ. "އެވޮކާޑޯގައި ވެސް ކޮލެސްޓްރޯލް ޖަހައިގަތުމާ ވާދަވެރި ގަސްގަހާގެހިން އުފައްދާ ކޮމްޕައުންޑެއް ކަމަށްވާ ފައިޓޯސްޓެރޯލްސް ހިމެނޭއިރު، މިއީ އަހަރެމެންގެ ހިތަށް އިތުރަށް އެހީތެރިވެދޭ އެއްޗެއް،"
އެވޮކާޑޯއިން ލިބިދޭނެ ކަމަށް ބެލެވޭ އިތުރު ބައެއް ފައިދާތކުގެ ތެރޭގަ:
- ޓައިޕް2 ޑައިބެޓިސް މީހުންނަށް ބަލީގެ ނުރައްކާ ކުޑަވުން
- ދުވަހު ހަރަކާތްތެރިވެ އުޅެވުން
- ކެއުން މަދުކޮށް ހަށިގަނޑުގެ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންގެ ހަށިގަނޑަށް ބޭނުންވާ ބައިތައް ފޯރުކޮށްދިނުން
- ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވުން
- ހަމުގެ ބަލިތަކަށް ފަރުވާ ލިބުމާ ހަންގަނޑު އޮމާންކޮށްދިނުން
