އަހަރަށް ކަނޑައެޅި ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ އެންމެ ފަހު ބެޗް މިއަދު ފަށައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އަހަރަށް ކަނޑައެޅި ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ އެންމެ ފަހު ބެޗް މިއަދު ފަށައިފި!

ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުގެ އެންމެ ފަހު ބެޗް ( މާލެ ސިޓީ އިމާމުން/ ޚަޠީބުން) ގެ ތަމްރީނު މިއަދު ފަށައިފިއެވެ. މި ބެޗްގެ ތަމްރީނު ނިމުމާއެކު 2024 ގައި ޕްލޭން ކުރި ގޮތައް މިއަހަރުގައި ރާއްޖޭގެ އެންމެހައި މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިމުނީއެވެ.

އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މި މަޝްރޫޢުގެ ދަށުން 818 އިމާމުން މިއަހަރު ވަނީ ތަމްރީނު ކުރެވިފައެވެ. 

އިސްލާމީ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ މި ތަމްރީނު ގައި، ފިޤުހާއި، ހަދީސް، ތަފްސީރު، މުޖުތަމަޢު ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރާއި، އިމާމުންނާ ބެހޭ ވަޒީފާގެ ޤަވާޢިދުތައް މި ފަދަ ދާއިރާތަކުން އާ މައުލޫމާތާއި ތަމްރީނު ދެވިފައިވާނެ ކަމަށެވެ. 

އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމްތަކަކީ ކުރިންވެސް އެކިސަރުކާރުތަކުން އެކިމިންވަރަށް ހިންގަމުން އަންނަ ޕްރޮގްރާމެއް ނަމަވެސް ރާއްޖޭގެ ހުރިހާ އިމާމުންނަށް އަމާޒުކޮށްގެން މިހައި ކުރު މުއްދަތެއްގެ ތެރޭގައި ހިންގައި ނިންމި ފުރަތަމަ އަހަރަކީ މިއަހަރުކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން