"އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލްޓްރާންސްފޮރމޭޝަން" ޕްރޮގްރާމް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 28ސ
"އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލްޓްރާންސްފޮރމޭޝަން" ޕްރޮގްރާމް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ޔޫ.އެން އެސްކޭޕްގެ އޭޝިއަން އެންޑް ޕެސިފިކް ޓްރެއިނިނގް ސެންޓރ ފޮރ އިންފޮމޭޝަން އެނޑް ކޮމިއުނިކޭޝާން ޓެކްނޮލޮޖީ ފޮރ ޑިވަލޮޕްމަންޓް (އޭޕީސީއައިސީޓީ) އާއި ގުޅިގެން ދިވެހިރާއްޖޭގައި "އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއަދު ފެށިގެން ދިޔަ މި ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން މެޑަމް ޢައިޝަތު އަފްރީން މުޙައްމަދް އެވެ. މީގެ އިތުރުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭޕީސީއައިސީޓީގެ ވިމެން އައިސީޓީ ފްރޮންޓިއަރ އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް ޓާގެޓް ކުރަނީ އަންހެން ވިޔަފާރިވެރިންނަށެވެ. މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދުވަހަކަށް ބަހައިލައިގެން، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ސެޝަންތައް ނަގައި ދެއްވާނީއިނގިރޭސި ބަހުން، އޭޕީސީއައިސީޓީގެ ފަންނީ މާހިރުންނެވެ. ޕްރޮގްރާމް ފުރިހަމަ ކުރާބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރެވިގެން ދާނެއެވެ.

މި ކޯހުގެ ޒަރީޢާއިން އަންހެން ވިޔަފާރިވެރިންނަށް މާލީ ހުނަރާއި ތަޙްލީލު ކުރުމުގެޤާބިލުކަން އިތުރުކޮށްދޭނެއެވެ. މީގެ ސަބަބުން އެ ފަރާތްތަކުގެ މާލީ ޙާލަތު ވަޒަންކުރުމާއި މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި މާނަކުރުމުގެ ބާރު ލިބިގެންދާނެއެވެ.އަދި ވިޔަފާރި ދެމެހެއްޓުމުގެ ރޭވުމުގެ ތެރެއިން އަންހެން ވިޔަފާރިވެރިންނަށް އެމީހުންގެވިޔަފާރީގައި ދިމާވާ ހުރަސްތަކާއި ކުއްލި ޙާލަތްތައް ރާވައި، ސްޓްރެޓެޖީ އެކުލަވާލައި އަދިމެނޭޖްކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިގެންދާނެއެވެ.

މި ކޯހުގެ ސަބަބުން، ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރި ހިންގުމުގައި ދިމާވެދާ ނެނުރައްކާތަކަށް ތައްޔާރުވެ، އެފަދަ ޙާލަތްތަކުގައި ވިޔަފާރި ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން، ކުއްލި ޙާލަތްތަކުގައި އަވަސް ނިންމުންތައް ނިންމުމުގެ ޤާބިލުކަން އިތުރުވެ، ވިޔަފާރީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޕްރޮފިޓް އެނޑް ލޮސް ސްޓޭޓްމަންޓްތައް ހެދުމާއި ޕްރޮފިޓް އިތުރުކުރާނެ ގޮތްތަކާއި ޕްރޮފިޓް މާޖިންސް، ވޭރިއަބަލް ކޮސްޓްސް އަދި ވިޔަފާރިއެއްގައި ހަދާނެ ޕްރޮފިޓް ލޮސް އެނެލިސިސް ސުމޭކު ވަސީލަތްތައް ބޭނުންކޮށްގެން ހަދާނެ ގޮތުގެ މަޢުލޫމާތު ލިބިގެންދާނެއެވެ.

ޕްރޮގްރާމުން ނެރެން ބޭނުންވާ ނަތީޖާއަކީ އިޤްތިޞާދީގޮތުން ބާރުވެރިވެފައިވާ އަންހެނުން އިތުރުވެ، އެ ފަރާތްތަކުގެ ވިޔަފާރި ކުރިއަރުވަން ބާރު ލިބި، ފުޅާ ވެގެން ދިއުމެވެ. އަދި ވިޔަފާރީގައި އަންހެނުންނަށް ދިމާވާ ހުރަސްތައް ގިރާކޮށް ކުރިއަށްދާ އަންހެނުންތަކެއް ފެނިގެން ދިއުމެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން