ގުރައިދޫ ޕޮލިސް ސްޓޭޝަންގެ އަންހެން ފުލުސް އޮފިސަރެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ގުރައިދޫ ޕޮލިސް ސްޓޭޝަންގެ އަންހެން ފުލުސް އޮފިސަރެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވަމުން ގެންދެވި އަންހެން ފުލުސް އޮފިސަރެއް ކަމުގައިވާ ސަރޖަންޓް ފާތިމަތު ރިފާ ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ. 

މި ހިތާމަވެރި ޚަބަރާ ގުޅިގެން ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްސް ސަރވިސްގެ އިސްވެރިން ވަނީ މަރުޙޫމާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ނައިބު ރައީސް، އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއިއެކު ކަމަށެވެ. އަދި މަރުޙޫމާ ފާތިމަތު ރިފާގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވަމުން ގެންދެވި އަންހެން އޮފިސަރެއްގެ ކުއްލި މަރުވުމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ. 

މިއަދު އޮންލައިން