ރައީސް ޑރ.މުޢިއްޒު އަރިއަތޮޅު ދަނގެއްޗަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ރައީސް ޑރ.މުޢިއްޒު އަރިއަތޮޅު ދަނގެއްޗަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. މިއީ ރައީސް މުޢިއްޒު އަރިއަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ ބައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދަނގެތީގެ އިތުރުން މަހިބަދޫ އަދި އޮމަދޫއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ބުނެފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގެ މަޤްޞަދަކީ ރަށްރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކޮށް، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމެވެ. މިހާތަނަށް ރައީސް މުޢިއްޒު ވަނީ 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި އެހެނިހެން އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ. 

މިއަދު އޮންލައިން