ފިއުލް ސަޕްލައި މޯލްޑިވްސްގެ އައު އެމްޑީއަކަށް ފާތިމަތު އާޝާން އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފިއުލް ސަޕްލައި މޯލްޑިވްސްގެ އައު އެމްޑީއަކަށް ފާތިމަތު އާޝާން އައްޔަންކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް ފާތިމަތު އާޝާން އައްޔަންކޮށްފިއެވެ. މިކަން އިއުލާންކޮށްފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ.

ފާތިމަތު އާޝާންގެ މި އައްޔަންކުރުމާއެކު، އޭނާއަކީ އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރު ކަމުގައި ވެސް ވެގެން ދިޔައެވެ.

އާޝާންގެ މި އައްޔަންކުރުން އައިސްފައިވަނީ ކުރީގެ އެމްޑީ އިސްމާއިލް ސުހައިލް މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ފާތިމަތު އާޝާންއަކީ ދިގު މުއްދަތެއްގައި އެސްޓީއޯގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 1994 އިން 2019 އަށް އެސްޓީއޯގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވްގެ މަޤާމު ފުރުއްވާފައިވެއެވެ. އޭގެ ފަހުން، 2019 އިން 2020 އަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.

މިއާއެކު އެފްއެސްއެމްގެ ހިންގުމުގައި އައު ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރެވެއެވެ. ފާތިމަތު އާޝާންގެ ދިގު ތަޖުރިބާއާއި ހުނަރުވެރިކަން ކުންފުނީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން