އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.

މި އިންތިޒާމުގެ މައިގަނޑު މަޤްޞަދަކީ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި އިންތިޒާމުގެ ދަށުން ފައިސާ ބަހާލައިގެން ދެއްކުމަށް 5 ޝަރުތެއް ފުރިހަމަވާންޖެހެއެވެ. އެގޮތުން، ނުދައްކާ ހުރި ފައިސާގެ އަދަދު 10,000 ރުފިޔާއަށްވުރެ އިތުރުވެފައިވުމާއި، ދެއްކުމުގެ މުއްދަތު ހަމަވެފައިވުމާއި، އަމިއްލައަށް ހުށަހެޅުމާއި، ކުރިން މި ފުރުސަތު ލިބިފައިނުވުމާއި، އަދި އުޅަނދުގެ ވެރިފަރާތްކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން، މި އިންތިޒާމުގެ ދަށުން ފައިސާ ބަހާލައިގެން ދެއްކުމަށް އެދޭ ފަރާތްތަކުން ކޮމިޓްމަންޓް ޕޭމަންޓް ފީއެއް ދެއްކުމަށްފަހު، އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި އިންތިޒާމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ރައީސް މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ހަމަޖައްސާފައިވާ ކަމެކެވެ.

މި އައު އިންތިޒާމުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ދެއްކުމަށް ލުއިފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން