ލޮބުވެތި އުޚުތުންނޭވެ! ތިބާއަށް އެންމެ މުހިންމީ ﷲ ތަޢާލާ ކަމުގައި ހެދުމަށްފަހު ޙަޔާތުގެ ކަންކަމަށް އަންނަ ބަދަލުތައް ނިކަން ތަޖުރިބާ ކޮށްލައިބަލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ލޮބުވެތި އުޚުތުންނޭވެ! ތިބާއަށް އެންމެ މުހިންމީ ﷲ ތަޢާލާ ކަމުގައި ހެދުމަށްފަހު ޙަޔާތުގެ ކަންކަމަށް އަންނަ ބަދަލުތައް ނިކަން ތަޖުރިބާ ކޮށްލައިބަލާށެވެ!: މުފްތީ މެންކް

ދަތުރަކަށް ފެށިނަމަވެސް ދާންއުޅޭ މަންޒިލް ނޫން ދިމާއަކަށް ދުއްވާނަމަ ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެއެވެ. ދިރިއުޅުމަކީވެސް ހަމައެފަދަ ކަމެކެވެ. ކާމިޔާބުކުރެވޭނީ ކާމިޔާބުކުރެވެން އޮތް މަގުން މަސައްކަތްކުރުމުންނެވެ.  

ލޮބުވެތި ކަނބަލުންނޭވެ! ގިނަ ކަނބަލުންނަށް ހިތްދަތިކަން ލިބެނީ އޭނާގެ ހިތް ހަދިޔާކުރަންޖެހޭ ފަރާތް ނޫން ފަރާތަކަށް ހަދިޔާކުރެވޭތީއެވެ. ވަޤުތީ ހިތްހަމަޖެހުމަކަށްޓަކައި ހިތް ހަދިޔާކުރެވޭތީއެވެ. އެގޮތަށް ހިތް ހަދިޔާކޮށްފިނަމަ ގިނަ ފަހަރު އޮންނާނީ ކަރުނައަޅަން ޖެހިފައެވެ. އެއީ މިބުނި ސަބަބަށްޓަކައެވެ. ހިތް ހަދިޔާކުރަންޖެހޭ ފަރާތް ނޫން ފަރާތަކަށް ހިތް ހަދިޔާކުރެވޭތީއެވެ.  

އެއީ ﷲ ތަޢާލާއަށްވުރެ ދުނިޔަވީކަމެއް ތިބާއަށް މުހިންމުވީތީއެވެ. ﷲ ތަޢާލާގެ ދާއިމީ ރަޙްމަތަށްވުރެ ދުނިޔަވީ ކުޑަކުޑަ ވަޤުތުކޮޅެއްގެ އުފާވެރިކަން ތިބާއަށް މުހިންމުވީތީއެވެ. ތިބާއަށް އެންމެ މުހިންމީ ﷲ ތަޢާލާ ކަމުގައި ހެދުމަށްފަހު ޙަޔާތުގެ ކަންކަމަށް އަންނަ ބަދަލުތައް ނިކަން ތަޖުރިބާ ކޮށްލައިބަލާށެވެ!  

އެއްވެސް ތަނބަކާއި ނުލައި އުޑުތައް މަތީގައި ލެއްވެވި ﷲ ގަންދީ ބުނަމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން މެނުވީ ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ޛިކުރުކުރުމެވެ. ޛިކުރުކުރުމުގެ އެންމެ މަތިވެރި ދަރަޖައަކީ ޤުރްއާން ކިޔެވުމެވެ.  

ކޮންމެ ދުވަހެއް ފަށަނީ ކީރިތި ޤުރްއާނުން ކިތަންމެ ކުޑަ މިނަވަރެއް ކިޔެވުމުން ކަމުގައި ހަދައިފިމީހާވެސް އެކަން ދެކޭނެތެވެ. ދުވަހުގެ ފުރަތަމަ ކަމަކަށް އެންމެ އާޔަތެއް، 5 މިނިޓެއްހައިއިރު، ނުވަތަ 10 ވަރަކަށް މިނިޓް ނިކަން ޤުރްއާން ކިޔަވައިބަލާށެވެ. ޙަޔާތުގެ ކަންކަމަށް އަންނަ ބަދަލުތައް ފެންނަން ފަށާނެއެވެ. އިން ޝާ ﷲ  

މީސްތަކުންނޭވެ! ފަތިސްނަމާދުން ދުވަސްފެށިއްޖެނަމަ ﷲ އަށް ޝުކުރުވެރިވާށެވެ! ދުވަހު ކުރަންޖެހޭ 5 ނަމާދުކުރެވިއްޖެނަމަ ﷲ އަށް ޝުކުރުވެރިވާށެވެ! ސަޖިދައެއް ކުރެވިއްޖެނަމަ ޝުކުރުވެރިވާށެވެ! ކުރެވުނު ސަޖިދައިގައި އޮވެ ބޭނުންވެގެން ހުރި ކަންކަމަށް އެދި ދުޢާކުރާށެވެ!  

އެއިރުން ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ ދަތިތަކާއި ހިތްދަތިކަމަށް ޙައްލު ދެއްވަވާނެތެވެ. އުފާވެރިކަން ދެއްވަވާނެތެވެ! ތަނަވަސްކަންވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކްގެ ދަރުސަކުން 

މިއަދު އޮންލައިން