އެމްއެމްޕީއާރުސީއާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މެޑިކަލް ޓޫރިޒަމް އިޝްތިހާރުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެމްއެމްޕީއާރުސީއާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މެޑިކަލް ޓޫރިޒަމް އިޝްތިހާރުކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މެޑިކަލް ޓޫރިޒަމް އިޝްތިހާރުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެ މަތީ ފެންވަރުގެ ބޭސްފަރުވާގެ ޚިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމެވެ. މީގެ އިތުރުން، މެޑިކަލް ޓޫރިޒަމްގެ ޙިއްޞާ އިތުރުކޮށް، އިޤްތިޞާދީ ކުރިއެރުން ހޯދުމާއި، ފަތުރުވެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްވެސް މި އެއްބަސްވުމުން މަގުފަހިވާނެއެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީއެވެ. އަދި އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލްއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދެ ފަރާތުންވެސް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމާއި މުޅި އިޤްތިޞާދަށް ކުރިއެރުން ލިބޭނެއެވެ. އަދި މެޑިކަލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖެ ކުރިއަރައި ދިއުމަށް މި އެއްބަސްވުމުން މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި ދެ ފަރާތުން ގުޅިގެން ރާއްޖޭގެ މެޑިކަލް ޓޫރިޒަމް އިޝްތިހާރުކުރުމަށް އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން