ރާއްޖެއިން ބޭރުގައި ކިޔަވާ 2،116 ދަރިވަރުން ދަފްތަރުގައި ރަޖިސްޓްރީކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ރާއްޖެއިން ބޭރުގައި ކިޔަވާ 2،116 ދަރިވަރުން ދަފްތަރުގައި ރަޖިސްޓްރީކޮށްފި

ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ދަފްތަރު އެކުލަވާލައި، މިހާތަނަށް 2،116 ދަރިވަރުން ރަޖިސްޓްރީކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ދަރިވަރުންގެ ތެރޭގައި 915 ފިރިހެން އަދި 1،201 އަންހެން ދަރިވަރުން ހިމެނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ ސްކޮލަރޝިޕް، ލޯނު އަދި އަމިއްލަ ޚަރަދުގައި ކިޔަވާ ދަރިވަރުން ހިމެނޭކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

"މި ދަފްތަރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން ފަސޭހައިން މޮނިޓަރކޮށް ބެލެހެއްޓުމެވެ،" ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ދަފްތަރު އެކުލަވާލުމަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތަފާސްހިސާބު އެއްތަނަކުން ލިބޭނެ ގޮތް ހަދައި، އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމެއްކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ވުޒާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި، މި ދަފްތަރުގައި ރަޖިސްޓްރީވުމަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ހުރިހާ ދަރިވަރުންގެ ޒިންމާއެކެވެ. 

މިއަދު އޮންލައިން