އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ނިމުމަކަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ނިމުމަކަށް

ޅ. އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ނިމުމަކަށް އައިސްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން 9.71 ކިލޯމީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް ޤާއިމުކުރެވިފައިވެއެވެ. މީގެ އިތުރުން، 2 އާރްއޯ ޕްލާންޓާއި 3 ފެން ތާނގީ ވަނީ ބެހެއްޓިފައެވެ. އަދި ރަށުގެ ގޭގެއަށް ފެން މީޓަރު އަދި ކަނެކްޝަން ވެސް ވަނީ ގާއިމުކުރެވިފައެވެ.

ނަރުދަމާ ނިޒާމުގެ ދަށުން 6.56 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައަކާއި ކާއި 1.60 ކިލޯމީޓަރުގެ ޕަންޕިން ލައިނެއް ވަނީ އެޅިފައެވެ. މީގެ އިތުރުން 4 ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފްލޯ ވެސް ވަނީ ޤާއިމުކުރެވިފައެވެ.

މި މަޝްރޫޢު ފެށިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މި މަޝްރޫޢަށް ސަރުކާރުން 80 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މި މަޝްރޫޢު ނިމުމާ ގުޅިގެން ޅ. އޮޅުވެލިފުށީގެ ރައްޔިތުންނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ސިއްޙީ ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވެއެވެ.

މިއަދު އޮންލައިން