މޯލްޑިވިއަން އެއަރލައިންއިން ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ ދަތުރުތައް އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
މޯލްޑިވިއަން އެއަރލައިންއިން ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ ދަތުރުތައް އިތުރުކޮށްފި

މޯލްޑިވިއަން އެއަރލައިންއިން ކުރިއަށް އޮތް ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ ދަތުރުތައް އިތުރުކޮށްފިއެވެ. މި މަހުގެ 16 އިން 20 އަށް ރާއްޖޭގެ 10 މަންޒިލަކަށް ޝެޑިއުލް ދަތުރުތައް އިތުރުކޮށް، އާންމުކޮށްފައިވާ ކަމަށް މޯލްޑިވިއަންއިން މިއަދު ހާމަކުރިއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ ޗުއްޓީ އަދި އީދު ބަންދުތަކުގައި ދަތުރުތައް އިތުރުކުރަނީ ޑިމާންޑް އިތުރުވުމާ ގުޅިގެން ކަމަށެވެ. އަދި މިހާރު އިތުރުކޮށްފައިވާ ދަތުރުތަކަށް ޓިކެޓް ނެގުމަށް ހުޅުވާލާފައިވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

"ކޮންމެ ޗުއްޓީއަކާއި ޕީކް ސީޒަނެއްގައި މިފަދަ އިތުރު ދަތުރުތައް އަޅުގަނޑުމެން ހަމަޖައްސަން. މިފަހަރު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަނީ ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ހަދައިދޭށް،" މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަންއިން އާންމުކޮށް މިފަދަ އިތުރު ދަތުރުތައް ހަމަޖައްސަނީ ޑިމާންޑަށް ބަލައި، ފަސިންޖަރުންގެ ބޭނުންތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ. މިއީ އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ބައެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން