މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް، ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ، ޢަލީ ނިޒާރު، ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ.އަޙްމަދު އަންވަރު އަދި އެކި އިދާރާތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
ވިލާ ކޮލެޖްގެ މި ކެމްޕަހަކީ މަތީ ތަޢުލީމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ޒަމާނީ އަގުހުރި ވަސީލަތްތަކާއިއެކު ޤާޢިމުކުރާ، 25 މިލިއަން ރުފިޔާ ޚަރުދުކުރެވޭ ބޮޑު އިންވެސްޓްމެންޓެކެވެ. މީގެ އިތުރުން، މި ކެމްޕަހުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެފައެވެ.
އަތޮޅުތަކުގައި މިފަދަ މަތީ ތަޢުލީމު ފޯރުކޮއްދޭ ކެމްޕަސްތައް ޤާއިމްވެގެން ދިޔުމަކީ ރާއްޖޭގެ މަތީ ތަޢުލީމް އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.
ހަބަރު: ސަރުކާރު