މުސްލިމުން ޝިފާހޯދަން މަސައްކަތްކުރަންވީ ޝިފާ ލިބުން އޮތީ ޑޮކްޓަރުންގެ ފަރުވާއިން ނޫންކަމާ ﷲ ތަޢާލާ ދެއްވެވުމުންކަން ޔަޤީންކޮށްގެން ތިބެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މުސްލިމުން ޝިފާހޯދަން މަސައްކަތްކުރަންވީ ޝިފާ ލިބުން އޮތީ ޑޮކްޓަރުންގެ ފަރުވާއިން ނޫންކަމާ ﷲ ތަޢާލާ ދެއްވެވުމުންކަން ޔަޤީންކޮށްގެން ތިބެ!

ހުރިހާ އެންމެންވެސް ހަނދާނުގައި ބަހައްޓާށެވެ! ޑޮކްޓަރުންނަށް ކުރެވޭނީ ބޭހެވެ! ބޭސްދީގެން ފަރުވާހޯދައިދިނުމަށް މަސައްކަތްކުރެވެނީއެވެ. ޝިފާ ދެއްވަވާނީ ﷲ ތަޢާލާއެވެ. ޝިފާލިބންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން އެކަންޏެވެ. ވީމާ ބޭސްކުރަމުންވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

ދުވަހެއް ދުވަހަކަށް މިދަނީ ތަފާތު ބަލިތައް ގިނަވަމުންނެވެ. އެއިގެ ތެރޭގައި ގޮތް ނުއެނގޭ ބަލިތައްވެސް ވަރަށް ގިނައެވެ. ބަލިވީމާ ޝިފާ ހޯދަން މަސައްކަތްކުރަމުއެވެ. އެހެންކަމުން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ފުރަތަމަ ކަމަކަށް ކިތަންމެ ބޮޑު ބަލިހާލެއްގައި އޮތް ނަމަވެސް ހަމަހޭ ހުރިހާހިނދަކު ނަމާދުކުރުން ދޫނުކުރާށެވެ! ކޮޅަށްހުރެ ނުކުރެވޭނަމަ އިށީނދެއިނދެގެންވެސް އަދި އޮށޯވެ އޮވެގެންވެސް ނަމާދުކުރާށެވެ! ޛިކުރުކުރުމާ ދުޢާކުރުން ގިނަކުރާށެވެ!

ދުޢާކުރަންވީ ހަމައެކަނި ތިމާއަށް ޝިފާ ދެއްވެވުން އެދިގެނެއް ނޫނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވެވުން އެދި ދުޢާކުރާށެވެ! އެއިރުން ތިބާއަށްޓަކައި ހަމައެފަދައިން މަލާއިކަތަކު ދުޢާކުރައްވަވާނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން