ކޮންމެ ކަމަކަށް ބޭނުންވިޔަސް ދުޢާކުރަން އޮންނަ ބަހުގެ މާނަ އޮޅުވައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކޮންމެ ކަމަކަށް ބޭނުންވިޔަސް ދުޢާކުރަން އޮންނަ ބަހުގެ މާނަ އޮޅުވައިނުލާށެވެ!

އެއީ ވަރަށް ސާފު ބަހެކެވެ. މުސްލިމުންނަށް އޮތީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ﷲ ތަޢާލާއަށް ދުޢާކުރުމެވެ. އެބަހުގެ ބާނައަށް ވިސްނަންވާނެއެވެ! ދުޢާކުރަންވާނީ އިސްލާމް ދީނުގެ އިމުގެ ތެރެއިންނެވެ. އެއިން ބޭރުނުވެއެވެ.  

މިޘާލަކަށް މީހެއްގެ އަންތބެއްގެ ގޮތުގައި އިނދެ ފިރިމީހާ ނޫން ފިރިހެނެއްގެ ލޯތްބަށް އެދިގެން ދުޢާކޮށްގެން ނުވާނެއެވެ. ދުޢާކުރަންވާނީ ފިރިމިހާގެ ލޯބި ލިބުން އެދިގެންނެވެ. އެހެން ފިރިހެނެއްގެ ލޯތްބަށް އެދިގެން ދުޢާކުރަންވާނީ ކައިވެނި ރޫޅި ޢިއްދަ ހަމަވުމުންނެވެ. އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. ސަބަބަކީ ޢިއްދައިގައި އިންނަނީ ފިރިމީހާގެ ބެލެނިވެރިކަމުގައި ކަމަށްވާތީއެވެ.  

ވިސްނައިލާށެވެ! އަންހެނުންނަށް ހުއްދައީ އެންމެ ފިރިއެކެވެ. ވީމާ ކައިވެނިކޮށްގެން ހުރެ ދެވަނަ މީހެއްގެ ލޯތްބަށް އެދިގެން ދުޢާކުރީމާ އެކުރެވެނީ ރަނގަޅު ކަމެއް ނޫނެވެ. ދެވަނަ މީހަކު ދެކެ ލޯބިވާން ބޭނުންނަމަ އޮތީ ދީނުގައި އޮތް މަގުން ވަރިވުމެވެ. އަންތބަކަށް ހުރެ އެހެން މީހަކު ދެކެ ލޯބިވުން ފަދަ ކަންކަމަކީ އަޚްލާޤީ ގޮތުން ބެލިނަމަވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. ކޮންމެ ކަމެއްވެސް ކުރަންވާނީ ދީނުގައި އޮތް މަގުންނެވެ. މިފަދަ ވާހަކަތައް ދައްކަނީ އަންހެނުން ނިކަމެތިކޮށް އެކަނބަލުންގެ ޙައްޤުތައް ހަނިކުރުމަކަށް ނޫނެވެ. އެކަނަބަލުންނަށް ހެޔޮއެދިގެންނެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނީ ދީނުގައި އޮތް މަގުން ކަންކަން ކުރުމުން ކަމަށްވާތީ މިފަދަ ކަންކަން އޮޅުންފިލުވައި ދިނުމަށެވެ. ކޮންމެ ކަމެއް ކުރުމުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެންމެ ބޮޑަށް ލިބޭނެ ގޮތް އިޚްތިޔާރުކޮށް އެގޮތަށް ކަންތައް ކުރާށެވެ! އެކަންކަމަމަށް ވިސްނައި ޢަމަލުކޮށްފިނަމަ ފިރިހެނުންނަށްވުރެ ފަސޭހައިން އަންހެނުންނަށް ސުވަރުގެ ވަދެވެން ހުރި ފުރުޞަތުތައް ބައިވަރެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން