ޢާއިޝަތު ރަފާޙް ޢަލީ
އަދިވެސް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
فَأَقُولُ إِنَّهُمْ مِنِّي، فَيُقَالُ: إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ، فَأَقُولُ: سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي»
މާނައީ: "ފަހެ އެބައިމީހުންވަނީ ތިމަންކަލޭގެފާނާ އެކުގައިކަމަށް ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ." ފަހެ ތިމަންކަލޭގެފާނަށް ދެންނެވޭނެއެވެ. ކަލޭގެފާނަށް ފަހު އެބައިމީހުން ގެނެސްގަތް ކަންތައްތައް ކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ. ފަހެ ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ. "(ދީނުގައިވާ ކަންތައްތައް) ތިމަންކަލޭގެފާނަށް ފަހު ބަދަލުކުރިމީހަކު ދަންނައެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ."
އެފަދަ ކަންކަމުގެ ސަބަބުން ކުރީގެ އުއްމަތްތައް ފަދައިން ހަލާކުވެގެން ހިނގައިދާނެކަމާއި ބާޠިލް ކަންކަމުން ދުރުހެލިވުމަށް ﷲ ތަޢާލާ އަންގަވާފައިވެއެވެ.
ﷲ ތަޢާލާ ތައުބާ ސޫރަތުގެ 69 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿كَالَّذِينَ مِن قَبْلِكُمْ كَانُوا أَشَدَّ مِنكُمْ قُوَّةً وَأَكْثَرَ أَمْوَالًا وَأَوْلَادًا فَاسْتَمْتَعُوا بِخَلَاقِهِمْ فَاسْتَمْتَعْتُم بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِينَ مِن قَبْلِكُم بِخَلَاقِهِمْ وَخُضْتُمْ كَالَّذِي خَاضُوا ۚ أُولَٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَٰئِكَ هُمُ الْخَاسِرُونَ﴾
މާނައީ: "(ތިޔަބައިމީހުން) ތިޔަބައިމީހުންގެ ކުރީގެ މީހުން ފަދައެވެ. އެއުރެން ތިޔަބައިމީހުންނަށް ވުރެ ބާރުގަދަ ބަޔަކުކަމުގައި އަދި މުދާތަކާއި ދަރިންތައް ގިނަބަޔަކުކަމުގައި ވިއެވެ. ފަހެ (ދުނިޔެއިން) އެއުރެންނަށް ލިބިފައިވާ މިންވަރުން އެއުރެން އަރާމު ލިބިގަތެވެ. ފަހެ، ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ކުރީގެ މީހުން އެއުރެންނަށް ލިބިފައިވާ މިންވަރުން އަރާމު ލިބިގަތް ފަދައިން، ތިޔަބައިމީހުންނަށް ލިބިފައިވާ މިންވަރުން އަރާމު ލިބިގެންފީމުއެވެ. އަދި ބާޠިލު ވާހަކަތައް އެއުރެން ދައްކަމުން ދިޔަފަދައިން، ތިޔަބައިމީހުންވެސް ބާޠިލު ވާހަކަތައް ދައްކަމުން ދިޔައީމުއެވެ. އެއުރެންނީ، ދުނިޔެއާއި އާޚިރަތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލުވެގެންވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ގެއްލެނިވެގެންވާ މީހުންނެވެ."
އެގޮތުން އަޅުކަންތައް ގިނަވެ ބިދުޢަ އަޅުކަންތައް ގިނަވުމަކީ މުސްލިމް އުއްމަތައް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އަދި އިސްލާމްދީނަށް ޢަދާވާތްތެރިވާ މީހުންނަށް ލިބިގެންދާނެ ފުރުޞަތެކެވެ. އެހެންކަމުން އިސްލާމްދީނުގެ ޞައްޙަ ޢިލްމު ހޯދައި އެކަން އަމިއްލައަށް ޢިލްމުވެރީންގެ އަރިހުން އުނގެނުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ވާނެ ކަމެކެވެ.
މީގެ އިތުރުން ހަވާނަފްސަށް ތަބަޢަވުމުން ދުރުހެލިވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހެއެވެ.
ﷲ ތަޢާލާ ޤަޞަޞް ސޫރަތުގެ 50 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ اللَّهِ﴾
މާނައީ: “އަދި ﷲގެ ޙަޟްރަތުންވާ ހިދާޔަތާ ނުލާ، އެމީހެއްގެ ހަވާ ނަފްސަށް ތާބާވީ މީހަކަށް ވުރެ މަގުފުރެދުން ބޮޑީ ކާކު ހެއްޔެވެ!