ކައިވެނި ނުކުރެވި ކިތަންމެ ގިނަ ދުވަހަކު އިންނަން ޖެހުނަސް ފެންނަހާ މީހަކާ ކައިވެނިކުރުމަކީ ފުރާނަ ނުރައްކަލަށް ވައްޓާލުން ކަމަށް ވެއްޖެ!: ޑރ. އިފްރީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކައިވެނި ނުކުރެވި ކިތަންމެ ގިނަ ދުވަހަކު އިންނަން ޖެހުނަސް ފެންނަހާ މީހަކާ ކައިވެނިކުރުމަކީ ފުރާނަ ނުރައްކަލަށް ވައްޓާލުން ކަމަށް ވެއްޖެ!: ޑރ. އިފްރީމް

ތަފާތު ސަބަބުތައް ކުރިމަތިވެ ބައެއް ކުދިންނަށް ކައިވެނި ނުކުރެވި ވަރަށް ގިނަ ދުވަހު ތިބެންޖެހެއެވެ. މިމައްސަލަ ގިނައިން ކުރިމަތިވާނީ އަންހެން ކުދިންނަށެވެ. އެހެންވެ މިކިޔައިދެނީ ވަރަށް ފަހުން ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. 

އެއީ ކައިވެނިކުރަން ބޭނުންވެގެން އިން އަންހެންކއްޖެކެވެ. ތަފާތު ސަބަބުތައް މެދުވެރިވެ ބައިވެރިއަކު ނުލިބި އިންތިޒާރުކުރަމުން ދަނިކޮށް ކުއްލިއަކަށް ރީތި، ރަނގަޅު ވަޒީފާއެއްގައިވެސް ހުރި ޒުވާނަކު އައިސް ކައިވެންޏަށް އެދުނީއެވެ. 

އަންހެން ކުއްޖާގެ ބައްޕަ ވިސްނައިލިއެވެ. މިފަދަ ޒުވާނަކު ކުއްލިއަކަށް އައިސް ދަރިފުޅުގެ ކައިވެންޏަށް އެދުނީ ކީއްވެގެންބާވައެވެ. މިވިސްނުމުގައި ހުރެ ބައްޕަ ފިރިހެން ކުއްޖާ ޢާއި ބައްދަލުކޮށް ސުވާލުކުރުމުން ބުނީ ހަމަ ލޯބިވެވުނީ ކަމަށެވެ. ގަޔާވީ ކަމަށެވެ. 

އެވަރަކުން ބައްޕައަކަށް ނުފުދުނެވެ. ބައްޕަ ބުނީ ޕޮލިސް ރިޕޯޓާއި މެޑިކަލް ރިޕޯޓް ބަލައިލަން ބޭނުންވާ ކަމަށެވެ. ޖަވާބު ނުދީ ހުރެފައި އޭނާގެ ހުށަހެޅުން އަނބުރާ ގެންދިއައީއެވެ. ސަބަބު އެނގުނުއިރު ޢޭނާއަކީ ހިލޭ އަންހެނުންނާއި ގުޅުން ހިންގުމުން ޖެހޭ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ޒުވާނެކެވެ. 

އެކުވެރިންނޭވެ! މިޙާލުގައި ތިބޭ ފިރިހެނުންވެސް އަދި އަންހެނުންވެސް އަންނަނީ ގިނަވަމުންނެވެ. ވީމާ ކައިވެނި ނުކުރެވި ލަސްވިނަމަވެސް ފެނަނަހައި މީހަކާ ކައިވެނިނުކުރާށެވެ! އެކަމަށް ސަމާލުކަން ނުދީފިނަމަ ޢުމުރަށް އެކަމުގެ ހިތާމަކުރަންޖެހުމަކީވެސް ހަމަ ވަރަށް ގާތުގައި އޮތްކަމެކެވެ.

 

- ޑރ. އިފްރީމް

މިއަދު އޮންލައިން