ސްޓްރޯކް ޖެހުމުން މަރުވުން، ނުކުޅެދުންތެރިއަކަށްވުން ފަދަ ޙާލަތަށް އެންމެ ގިނައިން ދަނީ ދުންފަތުގެ އިސްތިޢުމާލްކުރާ މީހުން!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ސްޓްރޯކް ޖެހުމުން މަރުވުން، ނުކުޅެދުންތެރިއަކަށްވުން ފަދަ ޙާލަތަށް އެންމެ ގިނައިން ދަނީ ދުންފަތުގެ އިސްތިޢުމާލްކުރާ މީހުން!: ދިރާސާ

ކޮންމެ މީހަކުވެސް އެމީހެއްގެ ޢާއިލާ ދެކެ އިންތިހާއަށް ލޯބިވާނެއެވެ. ޢާއިލާއާއިއެކު އުފަލުގައި ދިރިއުޅެންވެސް ބޭނުންވާނެއެވެ. އެހެންކަމަށްވާއިރު ތިމާގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަންކުރަނީ ކީއްވެގެން ހެއްޔެވެ؟  

ދިރާސާތަކުން އެނގޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެހެން ކަންކަމާއި އަޅައިބަލާއިރު ގާތްގަނޑަކަށް ދެގުނައަށް ވުރެ ބޮޑަށް ސްޓްރޯކް ޖެހުމުން އެންމެ ނުރައްކާތެރި ޙާލަތަށް ދިއުމުގެ  ފުރުޞަތު އިތުރުވެގެންދާ ކަމެކެވެ.  

މިދިރާސާ ހާމަކުރުމުގެ ކުރިން ބުނެލާނަމެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. ލޭމައްޗަށްދާނަމަ ސަމާލުވެ ފަރުވާތެރިވުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ކެއުމުގެ ނުރަނގަޅު އާދަތަކާއި ޞިއްޙަތަށް ގެއްލުންހުރި ތަކެތި ނުކެއުމަކީވެސް ކުރެވިދާނެކަމެކެވެ.  

މި 3 ކަންތައް މިފާހަގަކުރި ސަބަބަކީ މި 3 ކަންތައްވެސް ހިމެނިގެންދަނީ ސްޓްރީކް ޖެހުމުން އެންމެ ނުރައްކާތެރި ޙާލަތަށްދާ 3 ސަބަބުކަމަށްވުމުންނެވެ.

ރިޕޯޓްގެ ޚުލާޞާ:   

ދުންފަތުގެ އިސްތިޢްމާލުކުރުމާއި ލޭމައްޗަށް ދިއުމާއި، އެޓްރިއަލް ފައިބިލިޝަން ގެ ނަމުން މަޝްހޫރު ހިތުގެ ތެޅުން ގަވާއިދާ ހިލާފަށް ޖެހުމަކީ ސްޓްރޯކަށްފަހު ސީރިއަސް ނުކުޅެދުންތެރިކަން ނުވަތަ މަރުވުމުގެ ފުރުސަތު އިތުރުކުރުމުގައި އެހެން ރިސްކް ފެކްޓަރސްތަކަށްވުރެ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައެވެ." 

އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވުމާ ގުޅުން ހުރި އެހެން ބައެއް ރިސްކް ފެކްޓަރުތައް ވެސް ހުރި ނަމަވެސް މަރުވުމުގެ ފުރުސަތު ނުވަތަ ބޮޑެތި ނުކުޅެދުންތެރިކަން ހުރުމުގެ ފުރުސަތު އެކަންކަމުގަ ކުޑަވެގެންދެއެވެ.  

އޭގެ ތެރޭގައި ހަކުރުބައްޔާއި، ކޮލެސްޓްރޯލް މަތިވުމާއި، ބަނގުރާ ބުއިމާއި، ކަސްރަތު ނުކުރުމާއި، ފައިދާހުރި ކާނާ ނުކެއުމުގެ އާދަތަކާއި، ސްޓްރެސް އާއި، ހަށިގަނޑުގައި ސަރުބީ އިތުރުވުން ހިމެނެއެވެ. 

"އަހަރެމެންގެ ހޯދުންތަކުން ފާހަގަކުރެވެނީ އެޓްރިއަލް ފައިބިލިޝަން މެނޭޖްކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމާއެކު ހައި ބްލަޑް ޕްރެޝަރު ކޮންޓްރޯލްކުރުމުގެ މުހިންމުކަން" ކަމަށް ދިރާސާކުރި އަޔަރަލޭންޑުގެ ޑޮކްޓަރުންގެ ޓީމުން ބުނެއެވެ.  

ދިރާސާގައި އެވްރެޖްކޮށް އުމުރުން 62 އަހަރުގެ ގާތްގަނޑަކަށް 27،000 ބޮޑެތި މީހުން ހިމެނޭއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ސްޓްރޯކް ޖެހިފައިވެ އެވެ. ސްޓްރޯކް ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 4،850 މީހުންނަށް ސީރިއަސް ސްޓްރޯކެއް ޖެހިފައިވާއިރު، އެއީ ހިނގާބިނގާވެ އުޅެން ނުކުޅެދިގެން ނުވަތަ ކާން ނުވަތަ އެހީތެރިކަމެއް ނެތި ހެދުން އެޅުން ފަދަ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ފަރުވާތެރި ނުވެ، މަރުވާންދެން ވެސް ސްޓްރޯކެއް ޖެހިފަ އެވެ. 

ނިއުރޮލޮޖިސްޓުންގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ލޭމައްޗަށް ދިއުން ހުންނަ މީހުންނަށް ހައިޕަރޓެންޝަން ނެތް މީހުންނަށް ވުރެ 3 ގުނައަށް ވުރެ ބޮޑަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. 

ހިތުގެ ރިތްމް ޑިސްއޯޑަރެއް ކަމަށްވާ އެޓްރިއަލް ފައިބިލިޝަން އަކީ ހަލުވި، ގަވާއިދާ ހިލާފަށް ހިތުގެ ތެޅުން ކުރިމަތިވާ ކަމެއް ކަމަށް ބެލެވުނު އިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގާތްގަނޑަކަށް ދެގުނައަށް ވުރެ ބޮޑަށް ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުވެގެންދާ ކަމެކެވެ.  

ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީ އަރވިންގް މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖީ ޕްރޮފެސަރު ޖޯޝުއާ ޒެޑް ވިލީ، އެމްޑީ ވިދާޅުވި ގޮތުގައި ލޭމައްޗަށް ދިއުމުން މަރުވުމާއި ނުކުޅެދުންތެރިކަމުގެ ނުރައްކަލަށް ހުށަހެޅިގެން ދިއުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.

 

- ޞިއްޙީ ޚަބަރު

މިއަދު އޮންލައިން