ދެމީހަކު ލޯބިވެއްޖެނަމަ ކައިވެނި މުހިންމުވާ ސަބަބު- އިސްލާމް ދީން ޤަބޫލުނުކުރާ މީހެއްގެ ދުލުން- ޝައިޚުން ދެއްވާ ނަޞީހަތާ ހުރީ ކޮން ތަފާތެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދެމީހަކު ލޯބިވެއްޖެނަމަ ކައިވެނި މުހިންމުވާ ސަބަބު- އިސްލާމް ދީން ޤަބޫލުނުކުރާ މީހެއްގެ ދުލުން- ޝައިޚުން ދެއްވާ ނަޞީހަތާ ހުރީ ކޮން ތަފާތެއް؟

ކައިވެނިކުރުން މުހިންމުވާ ސަބަނުތައް ވަރަށް ގިނަގިނައެވެ. ފުިރަތަމަ ސަބަބަކީ އެއީ ލޯބީގައި ހޫރޭ މީހަކަށް ނުވެ ތިމާއަށް އެންމެ ކަމުދާ މީހާ އާއި ދެމީހުން ބަނދެވި އަމިއްލަވަންތަ ދިރިއުޅުމެއް އުޅުމުގެ ބިންގާ ކަމަށްވާތީއެވެ. މިއަދު އަހުރެމެންގެ ދިރިއުޅުމުގެ ޢާދަކާދަތަކަށް  ޤަބޫލުނުކެރިވިގެން މިއުޅެނީ އެ މުހިންމު ޙަޤީޤަތެވެ.  

މިއަދުގެ އާދައަކަށްވެފައި މިވަނީ ދެމީހަކު ލޯބިވެއްޖެނަމަ އަނެކާގެ ކިބައިން ލިބެން ބޭނުންވާ އުފާތައް ލިބޭނަމަ ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. އެކަންކަން ޙާޞިލުނުވާނަމަ ނުވަތަ ޙާޞިލުނުވާން ފަށާއިރަށް އެކަންކަން ކޮށްދޭނެ އެހެން މީހަކު ހޯދުމުން ނިމުނީ ކަމަށެވެ. މިއީ އިންސާނުންގެ ދިރިއުޅުމަށް ފައިޑާހުރި ގޮތެއް ނޫނެވެ.  

މިއީ ކުރެވޭ ވަރަށް ނުބައި ވިޔަފާރިއެކެވެ. އެކަމުން އެނގެނީ ލޯބިވުމުގެ އެއްވެސް އަގެއް ނެތްކަމެވެ. އަދި އެއީ ތިމާގެ އަމިއްލަ އުފާތައް ޙާޞިލުކުރަން ކުރަން އޮތް ކަމެއް ކަމެވެ. ނަމަވެސް ލޯބީގެ މާނަ މުޅިން ތަފާތެވެ! ލޯބީގެ ނުވަތަ ލޯބިވުމުގެ ޙަޤީޤީ މާނައަށް ބަލައިފިނަމަ އެއީ ދަތިތަކާއިއެކުގައިވެސް ދެމީހުން އެކުގައި ދިރިއުޅުމެވެ.  

ޙަޤީޤީ މާނައިގައި ލޯބިވެވިއްޖެނަމަ ދެމީހުންގެ މެދުގައި ލޯބިދާނީ ތާޒާވެ އިތުރުވަމުންނެވެ. ދަތިތަކާއިއެކުވެސް އެކުގައި ދިރިއުޅެން މަސައްކަތްކުރާނަމަ ޙަޤީޤީ ލޯބި ދާނީ ދިރި އިތުރަށް ކުރިއަރަމުންނެވެ.  

ވީމާ ލޯބިވެގެން ކައިވެނިނުކޮށް އެކުގައި ދިރިއުޅުމުގެ ޘަޤާފަތަށް ނޫނެކޭ ބުނަން އެބަޖެހެއެވެ. އެނުބައި ޘަޤާފަތް ނިމުމަކަށް ގެންނަން އެބަޖެހެއެވެ. އުފާވެރި ދިރިއުޅުމެއް އުޅެވޭނީ މި ހަޤީޤަތްތައް ޤަބޫލުކުރެވިގެންނެވެ.  

- މިއީ އިސްލާމް ދީން ޤަބޫލުނުކުރާ މީހަކު އޭނާގެ ވިސްނުމުން ކައިވެނީގެ މުހިންމުކަން ބަޔާންކުރަން ދައްކާފައިވާ ވާހަކަކޮޅެކެވެ. ވިސްނައިފިނަމަ އެނގޭނެ ކަމަކީ ދެމީހަކު ލޯބިވެއްޖެނަމަ ކައިވެނިކޮށް ދަތިތަކާއިއެކުވެސް ދިރިއުޅެން މަސައްކަތްކުރުމަކީ އެންމެ ފައިދާހުރި ގޮތްކަން އެމީހުންވެސް ޤަބޫލުކުރާކަމެވެ. ދިރިއުޅުމާއިމެދު ހެޔޮގޮތުގައި ވިސްނާ މީހަކަށް މިޙަޤީޤަތްތައް ޤަބޫލުކުރެވޭނެއެވެ.

މިއަދު އޮންލައިން