ކުޑަމަރާ ބޮޑުމަރު!: ކޮންމެ ނިދުމަކީ ކުޑަމަރެއްކަން އެނގޭތަ؟ އަލުން ދިރުން ދެއްވެވުމުން ޝުކުރުވެރިވެވޭތަ؟ ނިދިން ހޭލެވުމުން ކުރަން ސުންނަތުން އެނގެންހުރި ބައެއް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 14ސ
ކުޑަމަރާ ބޮޑުމަރު!: ކޮންމެ ނިދުމަކީ ކުޑަމަރެއްކަން އެނގޭތަ؟ އަލުން ދިރުން ދެއްވެވުމުން ޝުކުރުވެރިވެވޭތަ؟ ނިދިން ހޭލެވުމުން ކުރަން ސުންނަތުން އެނގެންހުރި ބައެއް ދުޢާ-

ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ކޮންމެ މީހަކަށް ކުޑަ މަރުތަކަކާއި ބޮޑު މަރެއް ވެއެވެ. ކުދި މަރުތަކަކީ ނިދުމެވެ. ބޮޑު މަރަކީ މަލަކުލްމައުތު އެމީހެއްގެ ފުރާނަ ހިއްޕެވުމެވެ. ވީމާ ކުޑަމަރުތަކަށްފަހު ދިރުން ދެއްވަވައެވެ. ދުނިޔޭގައި އުޅުމުގެ ފުރުޞަތު ދެއްވަވައެވެ.  ނަމަވެސް ބޮޑުމަރަށްފަހު ދުނިޔޭގައި އުޅުމުގެ ފުރުޞަތު ގެއްލިގެން ދިއައީއެވެ. އެމީހެއްގެ ފުރާނަ ވާނީ ބަރުޒަޚުގެ ޢާލުމުގައެވެ. 

ކަން އޮތީ މިފަދައިން ނަމަވެސް ނިދީން ހޭލެވުމުން ފުރަތަމަކަމަކަށް މިހާރު އެންމެ ގިނަ މީހުން ކުރާނެ ކަމަކީ ފޯނަށް އައިސްފައިހުންނަ މެސެޖުތައް ކިޔުމާއި މެސެޖުތަކަށް ޖަވާބުދިނުމާއި ގުޅި މީހުން ބެލުމާއި އެމީހުންނަށްގުޅުން ފަދަ ކަންކަމެވެ. އަނެއްބައަކު އަވަސްވެގަންނާނީ ދުންފަތުގެ އިސްތިޢްމާލް ކުރުމަށެވެ. ނުވަތަ އެމީހަކު އެންމެ ކުރަން ދެވިހިފާފައި ހުންނަ ކަމެއް ކުރުމަށެވެ. 

މިކަންކަން މިފަދައިން ކުރާއިރު ނިދިން ހޭލެވުމަކީ ކިހައިވަރެއްގެ މުހިންކަމެއްކަމާއިމެދު ވިސްނައިލެވެނީ ވަރަށް މަދުމީހަކަށެވެ. ނިދީގައި ތިމާގެ އަތުން ތިމާގެ ފުރާނަ ބީވެގެންދެއެވެ.  ފުރަނަ ހަށިގަޑުގައި ހުރިނަމަ ރޫހާނި ގޮތުން ދެތަންވެގެންދެއެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތަށް ޝުކުރުވެރިއެއް ނުވެއެވެ. އަދި ނިޢްމަތެއް ދެއްވެވިކަންވެސް ޤަބޫލެއް ނުކުރެވެއެވެ. ޤަބޫލުކުރަނީ އެއީ ހަމަ އޮޓޮމެޓިކުން މެދުވެރިވާ ކަންކަން ކަމަށެވެ. 

އަވަހާރަފުޅުން ހޭފުޅުލެއްވެވުން ރަސޫލް () ދެކެވަޑައިގެންފައިވަނީ ވަރަށް ބޮޑު ނިޢްމަތެއްގެ ގޮތުގައެވެ. އެހެންކަމުން ރަސޫލް () އަށް ހޭފުޅުލެއްވެވުމާއިއެކު ފުންމައިގެން ތެދުވެވަޑައިގަންނަވައެވެ. މާނައަކީ ތެދުވެވަޑައިގަތުމަށް އަވަސްވެވަޑައިގަންނަވައެވެ. އަދި ތެދުވެވަޑައިގެންނެވުމާއިއެކު އަލުން ދިރުން ދެއްވެވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރު ދަންނަވައި ޙަމްދުކުރައްވަވައި ދުޢާކުރައްވަވަތެވެ! 

އެއީ އިތުރު އެންމެ ދުވަހަކަށް ނުވަތަ ހިނދުކޮޅަކަށްނަމަވެސް ދުނިޔޭގައި ލަހައްޓަވައިދެއްވެވީތީއެވެ. ﷲ ތަޢާލާއަށް އެންމެ އަޅުކަމެއް ނަމަވެސް އިތުރަށް އަޅުކަމެއް ކުރައްވަވާނެ ފުރުޞަތު ﷲ ތަޢާލާ ދެއްވެވީތީއެވެ. އެހެންވެ އަވަސްވެވަޑައިގަންނަވަނީ ސިވާކުން ދަތްޕުޅު އުނގުޅުއްވެވުމަށެވެ. އެއަށްފަހު ވުޟޫކުރައްވަވައި ނަމާދުކުރެއްވެވުމަށް އަވަސްވެވަޑައިގަންނަވައެވެ.  

ނިދިން ހޭލެވުމުން ކުރަން ސުންނަތުން އެނގެންހުރި ބައެއް ދުޢާ: 

اَلْحَمْدُ لِلَّهِ الَّذي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ. 

All praise is for Allah who gave us life after having taken it from us and unto Him is the resurrection.

Al-Bukhari 11:113, Muslim 4:2083 

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، سُبْحَانَ اللهِ وَالْحَمْدُ لِلهِ ، وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْـبَرُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ رَبِّ اغْفِرْ لِي 

The Prophet said : ‘Whoever awakes at night and then says:\n‘None has the right to be worshipped except Allah, alone without associate, to Him belongs sovereignty and praise and He is over all things wholly capable. How perfect Allah is, and all praise is for Allah, and none has the right to be worshipped except Allah, Allah is the greatest and there is no power nor might except with Allah, The Most High, The Supreme.\nand then supplicates:\n‘O my Lord forgive me.’ …will be forgiven’ \n“or he said: ‘and then asks, he will be answered.If he then performs ablution and prays, his prayer will be accepted’.

Al-Bukhari 3:144 

اَلْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ. 

All praise is for Allah who restored to me my health and returned my soul and has allowed me to remember Him.

At-Tirmidhi 5:473

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން