ފަތިސް ނަމާދުގެ ފަހުރަކުޢަތުގައި އިންނާނީ ތަވައްރުކަށްތޯ ނޫނީ އިފްތިރާޝްއަށްތޯ؟
އާދެ، ތި މައްސަލައަކި ތީ ދަލީލެއް ސީދާ ޞަރީޙަ ކޮށް ވާރިދުވެގެން އައިސްފައިވާ މައްސަލައެއްނޫން. ތި މައްސަލާގައި ހުރީ އިމާމުވެރި ބޭކަލުންގެ ރަޢުޔު ހުރީ. މިސާލަކަށް އިމާމު ޝާފީ، އެކަލޭގެފާނު ވިދާޅުވަނީ ތަވައްރުކަށޭ އިންނަވާނީ. ސަބަބަކީ ފަހު އައްތަހިއްޔާތޭ އެއީ، އެންމެ ފަހު އައްތަހިއްޔާތައް އިންނާނީ ތަވައްރުކަށޭ. އެހެންމަ ތަވައްރުކަށޭ އިންނާނީ.
އިމާމު އަޙުމަދު ވިދާޅުވަނީ ނޫނެކޭ އެއީ ދެރަކުޢަތޭ އެކުރީ. ދެ ރަކުޢަތް ކޮށްފަ އިންނަ އައްތަޙީއްޔާތެއް ވެއްޖެއްޔާ އިންނަންޖެހޭނީ އިފްތިރާޝް އަށޭ. އެހެންމަ އިފްތިރާޝް އަށޭ އިންނަންޖެހޭނީ. އެހެންމަ މީގަ ނެތް ޞަރީޙަ ކޮށް އެއްވެސް ދަލީލެއް. އެހެންމަ އޭގަ ތަވައްރުކަށް އިނަސް މައްސަލައެއް ނޫން އޭގަ، އިފްތިރާޝްއަށް އިނަސް މައްސަލައެއް ނެތް އޭގަ.
އާދެ، ދެން އޭގަ އަޅުގަނޑު ދެކޭ އެންމެ ރަނގަޅު ގޮތަކީ އިފްތިރާޝް އަށް އިނުން. އިފްތިރާޝް އަށް އިނުން ދެން އެއީ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ހިތް ބުރަވޭ. އެއީ ރަނގަޅު ގޮތް ކަމަށް. ދެން ދެރަކުޢަތް ނަމާދެއް، އެ ދެރަކުޢަތް ކޮށްފަ އާއްމުކޮށް މި އިންނަ އައްތަހިއްޔާތުގަ މި އިންނަނީ އިފްތިރާޝްއަށް. އެއީ ސުންނަތް ނަމާދު ތަކުގަވެސް އަދި ފަރުޟު ނަމާދުތަކުގަވެސް ދެރަކުޢަތް ކޮށްފަ، ދެން ފުރަތަމަ އައްތަހިއްޔާތޭ އަޅުގަނޑުމެން ކީ ކަމުގައި ވިޔަސް ދެރަކުޢަތް ކޮށްފަ މި އިންނަ އައްތަހިއްޔާތަށް މިއިންނަނީ އިފްތިރާޝްއަށް ކަމަށް ވާތީވެ، އިފްތިރާޝްއަށް އިނުން ރަނގަޅީ. ދެން އެ ރަނގަޅު ކަމަށް ފެނޭ. އެހެންނަމަވެސް ތަވައްރުކަށް އިނުމަކީ އެއީ ގޯހެއްނޫން އެއީކީއެއް. ތަވައްރުކަށް އިނުމަކުންވެސް މައްސަލައެއް ނެތް އޭގަ.
- ޝެއިޚް މުޙައްމަދު އިބްރާހީމް