އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރެއިން އިސްކޮށް ހުރި މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މިމަހުގެ 6ވަނަ ދުވަހު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހާ ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ އަމްރީތު ސިންގް ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ.
އަދި މިކަމުގައި ޝާމިލުވާ ބިދޭސީންނާމެދު ފިޔަވަޅުއަޅުއްވާނެކަމުގެ ޔަގީންކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަނީ ދެއްވާފައެވެ.
ހަބަރު: ސަރުކާރު