ދިވެހިބަހުގެ އަދީބު ޢަލީ ޝަރީފް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
ދިވެހިބަހުގެ އަދީބު ޢަލީ ޝަރީފް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ޏ. ފުވައްމުލަކު، ރަނިކަ ޢަލީ ޝަރީފް އިބްރާހީމް (84) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު ވިދާޅުވީ ޢަލީ ޝަރީފަކީ ދިވެހިބަހުގެ އަދީބެއްގެ އިތުރުން ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ޢަލީ ޝަރީފަކީ 1981 ވަނަ އަހަރު ޅެންވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި 31 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގައި ޚިދުމަތްކުރައްވާފައިވާ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

ޢަލީ ޝަރީފަކީ ދެކުނުގެ ބަސްތައް ބޭނުންކޮށްގެން ރީތި ޅެންތައް ހެއްދެވި ފާހަގަކޮށްލެވޭ ޝާޢިރެކެވެ. މިގޮތުން އޭނާގެ ޅެންތަކުން ދިވެހި އަދަބިއްޔާތަށް ވަރަށް ބޮޑު ހިއްސާއެއް ވަނީ ކޮށްދެއްވާފައެވެ.

މަރްޙޫމް ޢަލީ ޝަރީފްގެ ކަށުނަމާދު ކޮށްފައިވަނީ މިއަދު ޢަޞްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ. ރައީސް މުޢިއްޒު އެ މަރްޙޫެ މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރެއްވިއެވެ.

މިއަދު އޮންލައިން