ތ. މަޑިފުށީ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި، ތ. މަޑިފުށީ ބޮންތި 34 އަހަރުގެ ޙަސަން ނިހާލު ވަނީ އާއިލާއަށް އެއްވެސް ޚަބަރެއް ނުދީ ގެއްލިފައެވެ.
ފުލުހުންގެ ފަރާތުން ބުނީ، މިކަން ރިޕޯޓުކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ޙަސަން ނިހާލު ހޯދުމުގެ މަސައްކަތް ފެށިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ފުލުހުންގެ އިލްތިމާސަކީ، ޙަސަން ނިހާލުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަންނަވާ ފަރާތްތަކުން އެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ހިއްސާކޮށްދެއްވުމެވެ. މި ގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ތ. މަޑިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9868475 އަށް ގުޅުއްވުމަށް އެދިވަޑައިގަންނަވައެވެ.