މިއަދުގެ ކުދިން ވަރަށް ތޫނުފިލިވާނެ! ހޭލުންތެރިވެސްވާނެ! އެކުދިންނަށް މައިންބަފައިން ކޮށްދޭންޖެހޭ ކަންކަމަކީ ކޮބައިކަންވެސް އެނގޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިއަދުގެ ކުދިން ވަރަށް ތޫނުފިލިވާނެ! ހޭލުންތެރިވެސްވާނެ! އެކުދިންނަށް މައިންބަފައިން ކޮށްދޭންޖެހޭ ކަންކަމަކީ ކޮބައިކަންވެސް އެނގޭނެ!

ދަރިންނާއިމެދު ސަމާލުކަންދޭންޖެހޭނެ މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. 

އެކަމަކީ ދަރިންނަށް ކުށެއް ކުރެވޭއިރަށް ރުޅިއައިސް ރުޅިމަތީގައި ހުރެ ދީނީގޮތުން ބަސްބުނެ ބިރު ދެއްކުމެވެ. އެގޮތަށް އެކަން ނުކުރާށެވެ! ދީނުގެ ވާހަކަތަކަކީ ރުޅިގަދަވެގެންހުރެ ދައްކަން އޮންނަ ވާހަކަތަކެއް ނޫނެވެ. އެއީ ވަރަށް ހަމަޖެހިގެން ތިބެ ދޭންޖެހޭ ނަޞޭޙަތެކެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބަދުވެސް ދީނުގެ ނަޞޭޙަތް ދެއްވަވަނީ ވަރަށް މަޑުމައިތިރިކަމާއިއެކުގައެވެ. ޞަޙާބީއަކަށް ކިތަންމެ ބޮޑު ކުށެއް ކުރެއްވެވުނަސް ނަޞޭޙަތްފުޅު ދެއްވަވައި ސީނުގައި އޮންނަ ގޮތް ޙަދީޘްފުޅުކުރައްވަވަނީ ވަރަށް ކެތްތެރިވެވަޑައިގެން ހުންނަވައެވެ. ވީމާ އަހުރެމެންވެސް އެކަމުގައި ޢަމަލުކުރަންވާނީ އެގޮތަށެވެ. 

ހަމައެއާއިއެކު ހަމައެކަނި ދަރިން މައިންބަފައިންނަށް ކޮށްދޭން ދީނުގައި އަންގަވާފައިވާ ކަންކަމުގެ ވާހަކަ ދެއްކުމަކީވެސް މައްސަލައެކެވެ. މާނައަކީ ފުރަތަމަ ކަމަކަށް މައިންބަފައިން ދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ. ދީނުގައި އޮތީ ހަމައެކަނި ދަރިން އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަތަކެއް ނޫނެވެ. މައިންބަފައިން އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަވެސް އެބައޮތެވެ. 

މިއަދުގެ ކުދިން ވަރަށް ތޫނުފިލިވާނެއެވެ. ހޭލުންތެރިވެސްވާނެއެވެ. އެކުދިންނަށް މައިންބަފައިން ކޮށްދޭންޖެހޭ ކަންކަމަކީ ކޮބައިކަންވެސް އެނގޭނެއެވެ. ކުދިން ތިބޭނީ އެކުގައި އުޅޭ ކުދިންގެ ތެރެއިން ހެޔޮލަފާ މައިންބަފައިންގެ ކުދިންނަށް އެކުދިންގެ މައިންބަފައިން ކަންކަންކޮށްދޭ ގޮތް ވަރަށް ރަނގަޅަށް ދަސްކޮށްގެންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން