ދަރިންނާ ގުޅުން ކެނޑި މައިންބަފައިންނަށް ނަފްރަތުކުރާނެ ބައެއް ސަބަބުތައް-: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ދަރިންނާ ގުޅުން ކެނޑި މައިންބަފައިންނަށް ނަފްރަތުކުރާނެ ބައެއް ސަބަބުތައް-: ބިލާލް އައްސަދު

ދަރިންނަކީ މައިންބަފައިންގެ މިލްކެއް ނޫނެވެ. މައިންބަފައިންނާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާ އެންމެ ބޮޑު އެއް އަމާނާތެވެ. ވީމާ ދަރިންގެ ޙައްޤުތަކަށް ރައްކައުތެރިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެއީ އެކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންވެސް ޖެހޭނެ ކަމެކެވެ.  

އެހެންވެ ދަރިންނާއިމެދު ޢަމަލުކުރުމުގައި ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އެގޮތުން މިބަޔާންކުރަނީ މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ދަރިންގެ ކޮންޓްރޯލް ބެލެނިވެރިންނަށް ގެއްލި އަދި ބޮޑެތިވުމުން މައިންބަފައިންނާއި ގުޅުން ކެނޑިގެންދާނެ އަދި މައިންބަފައިންނަށް ނަފްރަތުކުރާނެ ބައެއް ކަންކަމެވެ،  

- ރުޅި އިސްކުރުމާއި އަނިޔާކުރުން

މީގެ ތެރޭގައި ޖިސްމާނީ އަނިޔާގެ އިތުރުން ހަރުކަށި އަދި ނުބައި ބަސްތައް ބުނުމާއި ކުދިންގެ ހިތުގައި ޖެހޭނެ ކަންކަން ކުރުން ހިމެނެއެވެ.  

- ދަރިންނަށް ކުރާ އަމުރުތައް އިރުއިރުކޮޅުން ބަދަލުކުރުން-

ބައެއް ބެލެނިވެރިން ދަރިންގެ ގާތުގައި ވަކިގޮތަކަށް ކަންކަން ކުރަން ބުނެފައި ދާދި އަވަހަށް އެކަން އެހެން ގޮތަކަށް ބަދަލުކުރެއެވެ. ބައެއް ކަންކަން ކުރަން ހުއްދަދީފައި އިރުކޮޅަކުން މަނާކުރެއެވެ. ބައެއް ކަންކަން ކުރުން މަނާކޮށްފައި އިރުކޮޅަކުން ހަމަ އެކަންތައް ނުކުރީތީ ކުށްވެރިކުރެއެވެ. އެގޮތަށް ކަންތައް ކުރުމުން ކަންތައްކުރަންވީ ގޮތް ދަރިންނަށް އޮޅި ރަނޣަލު ކަންކަން ކުރަން ނަފްރަތު އުފެދޭގޮޕތްވެސްވެއެވެ.  

މީގެ ތެރޭގައި ދަރިންނަށް ކުރަން ހުއްދަކޮށްފައި އޮންނަ ކަމެއް، ކުއްޖާ ކުރާ ކުށަކަށް އަދަބުދިނުމަށްޓަކައި ވަކި މުއްދަތަކަށް ފަސްކުރުމެއް ނުހިމެނެއެވެ. އެކަމަކު އެގޮތަށް ކަންތައް ކުރިނަމަވެސް ކުރަންވާނީ ވަރަށް އިންޞާފުންނެވެ. ކުޑަކުށަކަށް ބޮޑު އަދަބެއް، ބޮޑުކުށަކަށް ކުޑައަދަބަކަށް ނުވާނެ ގޮތަށެވެ.  

- ދެން އޮތީ ކުދިންގެ އަޑުނުއެހުމެވެ

ކުދިންގެ އަޑުއަހަންޖެހޭނެއެވެ. ހަމައެކަނި ޤަވާއިދުތައް ހަދައި ހިންގަން މަސައްކަތްކުރުމަކުން ނުފުދޭނެއެވެ. އެގޮތަށް ކަންކަން ކުރާނަމަ ކުދިންނަށް ވިސްނޭނީ ތިމަންނާއަކީ އެއްވެސް އަގެއް ނެތް ކުއްޖެއްގެ ގޮތުގައެވެ. ތިމަންނާއަކީ މައިން ބަފައިން ކުރާހާށ އަމުރަކަށް ކިޔަމަންވުން ނޫން އެހެން ކަމެއް ކުރަން ނުޖެހޭ އަޅުންކަމަށެވެ. އެކަމުގެ ސަބަބުން ހިތުގައި އުފެދޭނީ ނަފްރަތެވެ. އަދި ކުދިންގެ އަމިއްލަ ނަފްސަށްކުރާ އިތުބާރުވެސް ގެއްލިގެންދާނެއެވެ. 

ވީމާ ކަމެއް ދިމާވިނަމަވެސް ކުދިންނާއި ވާހަކަދައްކައި އެކުދިންގެ ވާހަކަ އަޑުއަހަންވާނެއެވެ. އަޑުއަހައި ރަނގަޅު ނުކުތާތައް ޤަބޫލުކުރަންވާނެއެވެ. އިޞްލާޙްކުރަން ކުރަންޖެހޭ ކަންކަން ބުނެދޭންވާނީ އެއަށްފަހުގައެވެ. ބަލައިގަންނަން ކުދިންނަށް ފަށޭހަވާނީ އެއިރުންނެވެ. 

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން