އެމްއެންއެސްޑީއޭގެ ޚިދުމަތްތަކާއިމެދު ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު!
މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ފަރާތުން ފޯރުކޮއްދެއްވާ ޙިދުމަތްތަކާއި ގުޅޭގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިފަދަ ފުރުޞަތެއް އާންމުންނަށް ހުޅުވައިލުމުގެ މައިގަނޑު މަޤްސަދަކީ އެމްއެންއެސްޑީއޭ އިން ފޯރުކޮއްދެއްވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރަމުން އަންނަ އެމްއެންއެސްޑީއޭ އަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރި ދާއިރާތަކަށް ބޭނުންވާ ޤާބިލް ޒުވާނުން ބިނާކުރުމަށް ސަރުކާރުން ޤާޢިމުކޮއްފައިވާ އިދާރާއެކެވެ. އެ އިދާރާ އިން ފޯރުކޮއްދެއްވާ ތަފާތު ޚިދުމަތްތަކާއި ގުޅޭގޮތުން އޮންލައިންކޮށް ޝަކުވާ ނުވަތަ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވައިލެވިފައެވެ.
ޙިޔާލު ހުށަހެޅުމަށް އެމްއެންއެސްޑީގެ ސޯޝަލް މީޑިޔާގައިވާ ނުވަތަ މި ޚަބަރުގައި އެކުލައވައިލެވިފައިވާ ކިއު އާރް ކޯޑް ސްކޭން ކޮއްލައްވައިގެން ހުށަހެޅޭނެއެވެ.
ހަބަރު: ސަރުކާރު