ކެފޭއެއްގެ މުވައްޒަފުންނަށް ބިރުދެއްކި ދެ މީހުންގެ ބަންދަށް 5 ދުވަސް ޖަހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ކެފޭއެއްގެ މުވައްޒަފުންނަށް ބިރުދެއްކި ދެ މީހުންގެ ބަންދަށް 5 ދުވަސް ޖަހައިފި

މާލޭގައި ހުންނަ "ލެސްޓް ކޮފީ މޯލްޑިވްސް" ކެފޭގެ މުވައްޒަފުންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ ބ. ތުޅާދޫ އަސަދުﷲ ޚާތިމް (44 އަހަރު) އާއި ގދ. ދެއްވަދޫ އަޙްމަދު ތައުފީޤް (31 އަހަރު) އެވެ. 

"ލެސްޓް ކޮފީ މޯލްޑިވްސް" އަށް ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކާ، މުދަލަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ކުރިއަށެވެ. 

 

މިއަދު އޮންލައިން