ދެއްވަވާ މިންވަރަށް ޝުކުރުވެރިނުވެވެނީ ރިޒުޤް އިތުރުވިއަ ނުދިނުމަށް ޝައިޠޯނާ ޖަހާ މަޅިފަތީގަ ބަނދެވޭތީ! ޝުކުރުވެރިވާ އަޅުންނަށް އިތުރުކޮށް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ދެއްވަވާ މިންވަރަށް ޝުކުރުވެރިނުވެވެނީ ރިޒުޤް އިތުރުވިއަ ނުދިނުމަށް ޝައިޠޯނާ ޖަހާ މަޅިފަތީގަ ބަނދެވޭތީ! ޝުކުރުވެރިވާ އަޅުންނަށް އިތުރުކޮށް ދެއްވަވާނެ! އިން ޝާ ﷲ

ހުރިހާ އެންމެންގެ ހުރިހާ ބޭނުންތަކެއްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ދަތިޙާލެއްގައި ހުންނަ މީހަކަށް އެމީހާގެ ބޭނުންތައް ފުދޭވަރަށްވުރެ މާމަދުން ދެއްވަވަނީ އެމީހާ ބޭނުންވެގެން ހުރި މިނަވަރު ދެނެވޮޑިގެންނުވާތީއެއް ނޫނެވެ. 

ދެއްވަވާ މިންވަރަށް ޝުކުރުވެރި ނުވާނަމަ އެއީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ. މިވެނި މީހަކަށް މާގިނައިން ދެއްވަވައިފި ފަދަ ޝަކުވާތައް ހިތުގައި އުފައްދުވަނީ ޝައިޠޯނާއެވެ. ބޭނުމަކީ އެމީހެއްގެ ހިތުގައި ކަންބޮޑުވުންތައް އުފައްދުވައި ﷲ ތަޢާލާގެ ރަޙްމަތަށް ކަންބޮޑުވުން އުފެއްދުވުމެވެ. އެގޮތުންވެސް ﷲ ތަޢާލާ އާއި ދުރުހެލިކުރުވުމެވެ. އެ ސިފަ އިންސާނުންގެ ކިބައިގައި ހުރިނަމަ އެމީހަކީ މަގު ގެއްލިގެން ގޮސްފައިވާ މީހެކެވެ. އެފަދަ މީހަކަށް ނުވެ، އެންމެ ފައިސާ ފޮތްޗެއް މީހަކު ދިންނަމަވެސް ޝުކުރުވެރިވާ މީހަކަށްވާށެވެ! 

އެފައިސާފޮތި ތިމާ އާއި ހަމައަށް އެއައީ ނުވަތަ ތިމާއަށް އެލިބުނީ ހަމަ ތިމާފަދަ އިންސާނުންނަށް މިލިއަނުން ބިލިއަނުން ދެއްވަވާ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ޠަޤީންކުރާށެވެ! ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތް އިތުރުކުރައްވަވައި ދެއްވަވާ ގޮތް ނުވެސް އެނގޭނެއެވެ! 

ތިބާހުރީ ވަރަށް ބޮޑަށް އަތްމަތިވެފައި ކަމަށްވެދާނެއެވެ! ގޭގެ ބިލްތައް ވެސް ދައްކާނުލެވި އަދި ކައިބޮއިހެދެން ނެތް ހާލަތެއްގައިކަމަށްވެސް ވެދާނެއެވެ. މިސާލަކަށް ބުނާނަމަ 1،000 ރިޔާލަ ލިބިގެން ނޫނީ ގޭގައި ދިރިއުޅެވެން ނެތްފަދަ ޙާލަތެއްގައިކަމަށްވެސް ވެދާނެއެވެ! 

މިފަދަ ނިކަމެތި ޙާލަތެއްގައި ވަނިކޮށް ތިބާއަށް މީހަކު ގެނެސްދިނީ 10 ރިޔާލައެވެ. ގޭދޮރުމައްޗަށް އަރާފައި ދިއްކޮށްލާފައި އެދިއައީއެވެ. އަނގައިންވެސް ނުބުނެއެވެ. ކީއްކުރަން ދިން އެއްޗެއް ކަމަށްވެސް ނުބުނެއެވެ. ހަމައެކަނި އެނގުނުވަރަކީ މީހަކު 10 ރިޔާލަ ދިންކަމެވެ. ދީފައި އެނބުރި ދިއަކަމެވެ. 

މިހާލަތުގައި އެއްބައަކު ހަމަ އިންތިހާއަށް ﷲ ތަޢާލާއަށް ޝުކުރުވެރިވެއެވެ. ޙަމްދުކުރެއެވެ. އަނެއް ބައަކަށް އެ ލިބުނު 10 ރިޔާލަ ފެންނަނީވެސް ކުނިކޮޅެއްގެ ސިފައިގައެވެ. ވިސްނެނީ ބޭކާރު އެއްޗެއްގެ ގޮތުގައެވެ. ލިބުނުވަރު ހަމަ މަދުކަމުންނެވެ. އެއިން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތްކަމަށް ޤަބޫލުކުރެވޭތީއެވެ. 

މީސްތަކުންނޭވެ! މި ބުނިފަދަގޮތެއް މެދުވެރިވެއްޖެ ނަމަ ވަރަށް ރަނގަޅަށް ވިސްނާށެވެ! އެއީ ﷲ ތައާލާ ކުރިމަތިކުރެއްވެވި ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. ބޮޑާ ނުހާކައި ޝުކުރުވެރިވާ މިންވަރު ބެއްލެވުމަށެވެ. އެ އިމްތިޙާނުން ރަނގަޅު ފެންވަރުގައި ފާސްވާށެވެ! ތިބާ ބޭނުންވެގެން ތިއައުޅޭ 1000 ރިޔާލައިގެ ބަދަލުގައި 1000 މިލިއަން ރިޔާލަވެސް ދެއްވެވުން ކުޅަދުންވަންތައެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން