ސިއްރުތަކުގެ ތެރެއިން ހާމަކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސިއްރުން ކުރެވިފައިވާ ފާފަތަކުގެ ވާހަކަ ދެއްކުމުން! އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސިއްރުތަކުގެ ތެރެއިން ހާމަކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސިއްރުން ކުރެވިފައިވާ ފާފަތަކުގެ ވާހަކަ ދެއްކުމުން! އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫން!

ދެލޯބިވެރިން ކުރާ ފާފަތަކާއި ކުރެވޭ އެހެންވެސް ފާފަތަކުގެ ވާހަކަ އެކުވެރިންނަށް އިތުބާރުކޮށް އެމީހުންގެ ގާތުގައި އެބަ ދެއްކެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ދެދުނިޔެ ގެއްލިގެން ހިނގައިދާނެ ބޮޑު ފާފައެކެވެ. 

ތިމާއަށް ސިއްރުން ކުރެވިފައި ހުނަން ފާފަ އެހެން މީހުންނަށް އެންގުމުން ލިބޭނެ ޢަޛާބުގެ ބޮޑުކަން އެނގޭ މީހާ ކިތަންމެ ގާތް އެކުވެރއެއްގެ ގާތުވެސް އެފަދަ ކަމެއްގެ ވާހަކަ ނުދައްކާނެއެވެ.  

Prophet said,

 "All of my ummah will be forgiven except those who publicise their sins." 

ނިކަން މިޙަދީޘްފުޅުގެ މާނައަށް ވިސްނައިލަބަލާށެވެ. ޙަދީޘް ބަސްފުޅުގައި އެވަނީ އެމީހަކަށް ކުރެވޭ ފާފަތަކުގެ ވާހަކަ ހާމަކުރާ މީހުންނަށް ﷲ ތަޢާލާ ޢަފޫ ނުކުރައްވަވާނެ ކަމަށެވެ. ކުރެވުނު ފާފައިގެ ވާހަކަ ޢާންމުކުރުމުގެ މާނައަކީ ދުނިޔެއަށް އިޢުލާނުކުރުން ކަމަށް ދެކެގެން ނުވާނެއެވެ. އެއްވެސް މީހަކަށް އެންގުމަކީ ޢާންމުކުރުމެވެ. 

އެހެން އެވަނީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަކަމަކަށް ތިބާއަށް ކުރެވުނު ފާފަ ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވަނިކޮށް ތިބާ އެކަން ޢާންމުކޮށް ބޭޒާރުކޮށްލަނީއެވެ. ދެވަނަ ކަމަކަށް އެމީހެކެއް ކުރެވޭ ފާފަތަކުގެ ވާހަކަ ދެއްކުމަކީ ފާފަކުރަން އެހެން މީހުންނަށް ދެވޭ ހިތްވަރެކެވެ. އެއިރުން އެވެވެނީ ޝައިޠޯނަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން