އެޛިކުރެއް ކިޔުމުން އެންމެ ބޮޑަށް ފައިދާކުރާނެ އެއް ޛިކުރު- ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 40ސ
އެޛިކުރެއް ކިޔުމުން އެންމެ ބޮޑަށް ފައިދާކުރާނެ އެއް ޛިކުރު- ޙަދީޘުން!

އަހުރެމެން އެންމެނަނަށްވެސް އެނގިތިބެގެންނާއި ނުއެނގިތިބެ ކޮންމެ ދުވަހަކުހެން އެކިވަރުގެ ފާފަތައް ކުރެވެއެވެ. ވީމާ ކުރެވޭ ފާފަތައް ދުވަހުން ދުވަހަށް ފުއްސަވައި ދެއްވެވުމަށްވުރެ މަތިވެރި ނިޢުމަތެއްވޭހެއްޔެވެ؟ މިއޮތީ އެކަމަށް އެދިގެން ކިޔަން އޮތް ޛިކުރެވެ.   

އަބޫ ހުރައިރާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީޘް ކުރެއްވިއެވެ. 

(لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَا إِلَهَ إِلَّا اللهُ لَهُ الْمُلْكُ وَلَهُ الْحَمْدُ لَا إِلَهَ إِلَّا اللهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ) 

މިފަދައިން ރެއާއި ދުވާލު ނުވަތަ މަހަކު އެއްފަހަރު ކިޔާ މީހާ، އެދުވަހު، ނުވަތަ އެރޭ، ނުވަތަ އެމަހު، މިދުނިޔެ ދޫކޮށްފިނަމަ، އޭނާގެ ފާފަތައް ފުއްސަވައި ދެއްވާނެތެވެ.  

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَا إِلَهَ إِلَّا اللهُ لَهُ الْمُلْكُ وَلَهُ الْحَمْدُ لَا إِلَهَ إِلَّا اللهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ مَنْ قَالَهُنَّ فِي يَوْمٍ أَوْ لَيْلَةٍ أَوْ فِي شَهْرٍ ثُمَّ مَاتَ فِي ذَلِكَ الْيَوْمِ أَوْ فِي تِلْكَ اللَّيْلَةِ أَوْ فِي ذَلِكَ الشَّهْرِ غُفِرَ لَهُ ذَنْبُهُ

9773السنن الكبرى للنسائي 

3481المحدث الألباني خلاصة حكم المحدث صحيح لغيره في صحيح الترغيب

 

 -ޙަދީޘްގެ މާން: ޝައިޚް މޫސާ އަންވަރު ޙަސަން

މިއަދު އޮންލައިން