ޢާއިޝަތު ރަފާޙް ޢަލީ
ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ނިކަމެތި އަދި އެންމެ ކުދި ދިރުންތައް ހެއްދެވުމުގައި، مشرك ންގެ إله ންތަކުގެ ނުކުޅެދުންތެރިކަން ދައްކުވައިދިނުމަށް މިޘާލު ޖައްސަވާފައިވެއެވެ. މެއްސަކަށްވާ ބާރުވެސް އެއިލާހުންތަކަށް ލިބިގެން ނުވާ ކަމެވެ.
ޙައްޖު ސޫރަތުގެ 73 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ ﴿٧٣﴾
މާނައީ: "އޭ މީސްތަކުންނޭވެ! (اللَّه) مثال އެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ. (73)"
މުޝްރިކުން އެއުރެން ބުދުތައް ﷲ ތަޢާލާ އާއި އެއްފަދަ ކުރިއެވެ. ފަހެ، އެއުރެން ޙާލަތު އަޑުއަހައި، އެއަށް އަޅުކަންކޮށް، اللَّه ތަޢާލާއަށް އަޅުކަން ކުރާ ފަދައިން އެއުރެން އަޅުކަން ކުރިއެވެ. އެބައިމީހުން އަޅުކަންކުރާ ކޮންމެ ތަކެއްޗަކީ، اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަށް ކިތަންމެ ގިނަ މީހުން އެއްބާރުލުން ދިންނަމަވެސް ކުދިކުދިކަމާއި، އުނިކަމާއި، ނިކަމެތިކަމުގައި އެއުރެން މަކުނެއް ނުހައްދެވޭނެއެވެ. މި މިސާލުގައި، އެއުރެންގެ إله ންތަށް ނިކަމެތިވެގެންވެއެވެ.
އަބޫޙަޔާން ވިދާޅުވެފައިވެއެވެ. "ﷲ ތަޢާލާ އަކީ މިޘާލު ޖައްސަވާ ފަރާތެވެ. އެކަލާނގެ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކުރުމުގެ މިޘާލެއް ޖައްސަވާފައިވެއެވެ. ފަހެ، މި އާޔަތުގެ ޙާލަތު އަޑުއައްސަވާށެވެ."
އިބްނުލް ޤައްޔިމް ރަޙިމަހުﷲ މި އާޔަތާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައިވެއެވެ. އަދި އެ އެކަލޭގެފާނުގެ ބަސްފުޅު ހަވާލާދެއްވަމެވެ."
"ހަމަކަށަވަރުން، ކޮންމެ އަޅަކުވެސް، އެމީހެއްގެ ހިތް، މި މިސާލަށް އަޑުއަހައި، ތެދުގޮތުގައި ވިސްނައި ފިކުރުކުރަންޖެހޭނެކަން ކަށަވަރެވެ. މީހުންގެ ހިތުން ޝިރުކުގެ ތަކެތި ކަނޑާލައެވެ. އަދި އެންމެ ދަށުދަރަޖައިގެ ބުދުކަން ކަށަވަރެވެ. އަޅުކަންކުރާ މީހާއަށް މަންފާކުރާ އެއްޗެއް ހޯދުމަށާއި، އެމީހަކަށް ގެއްލުމެއް ލިބޭ އެއްޗެއް ހަލާކުކޮށްލުމަށްޓަކައެވެ. އަދި اللَّه ފިޔަވާ مشرك ން އަޅުކަންކުރާ إله ންތަކަށް، އެކަލާނގެ ހެއްދެވުމަށް އެއުރެން އެންމެން އެއްވިކަމުގައިވިޔަސް، މެއްސެއް ނުހެއްދޭނެތެވެ. އެހެންކަމުން އެއަށްވުރެ ބޮޑުކަމެއް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އަދި މެހިތަކުގެ ކިބައިން ކިބައިން އެއުރެންނަށް ކާމިޔާބެއް ނުހޯދޭނެއެވެ.