ގިނަ ބައަކަށް ނަމާދުކުރިޔަސް ފައިދާ ނުކުރާ އެންމެ ބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ގިނަ ބައަކަށް ނަމާދުކުރިޔަސް ފައިދާ ނުކުރާ އެންމެ ބޮޑު ސަބަބު!

ބައެއް ޒުވާނުން ނަމާދު ކުރެއެވެ. އެކަމަކު ތަޤްވާވެރިކަން އިތުރެއް ނުވެއެވެ. ﷲ ތަޢާލާއަށް ބިރުވެތިއެއް ނުވެވެއެވެ.  

މިފަދަ ކަންކަން މެދުވެރިވުމުން ބަލައިހޯދާއިރު އެއް ކަމަކަށް ފާހަގަކުރެވެނީ އަޅުކަންކުރަމުންވެސް ލޯބިވެރިންނާއިއެކު ގުޅުންތައް ބޭއްވޭ ކަމެވެ. ފާފަކުރެވޭ ކަމެވެ.  

މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ތަޤްވާވެރިކަމާއި ދިމާއަށް ދެވޭނީ ފާފަނުކުރަން މަސައްކަތްކުރި ވަރަކުންނެވެ. ޝައިޠޯނާއާއި ދުރުހެލިވެވުނު ވަރަކުންނެވެ.  

އިސްލާމް ދީނަށް ބަލައިފިނަމަ ލޯބިވެރިން ގެންގުޅުމެއް ނެތެވެ. އޮތީ ރީތި ގޮތުގައި ކައިވެނި ކޮށްގެން އެކުގައި އުޅެން މަސައްކަތްކުރުމެވެ. ވީމާ ކުރާ އަޅުކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބުމަށް އެދޭނަމަ ލޯބިވެގެން އުޅުމުގެ ބަދަލުގައި އަވަހަށް ކައިވެނިކުރާށެވެ!  

ޒުވާނުންނަށް އަމާޒުކޮށް މިބަސްބުނިނަމަވެސް މިއީ ވަކި ޢުމުރަކަށް ޚާއްޞަ ބަހެއް ނޫނެވެ. ހުރިހާ ޢުމުރެއްގައިވެސް ޢަމަލުކުރަން އޮތްގޮތެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން