ދަރިންގެ ހުރިހާ ކަންކަން ކިތަންމެ ފުރިހަމަކޮށްދީފައި ސްކޫލަށް ފޮނުވިޔަސް ﷲ ތަޢާލާގެ މަގުގަ ދަރިން ތަރުބިއްޔަތުނުކުރެވޭނަމަ ޒިންމާ އަދާކުރެވުނު ކަމަކަށް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދަރިންގެ ހުރިހާ ކަންކަން ކިތަންމެ ފުރިހަމަކޮށްދީފައި ސްކޫލަށް ފޮނުވިޔަސް ﷲ ތަޢާލާގެ މަގުގަ ދަރިން ތަރުބިއްޔަތުނުކުރެވޭނަމަ ޒިންމާ އަދާކުރެވުނު ކަމަކަށް ނުވާނެ!

ދަރިންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްދީފައި ސްކޫލަށް ފޮނުވުމުން އެއީ ބެލެނިވެރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވުނީކަމަށް ބެލުމަކީ އެހެން ދީންތަކުގެ މީހުންނަށް އޮތް ކަމެކެވެ. މުސްލިމް ބެލެނިވެރިންނަށް އޮތް ޒިންމާ އެވަރަކުން ނުފުއްދެއެވެ.  

ލޮބުވެތިމައިންބަފައިންނޭވެ! ތިއަ މައިންބަފައިންނާއި ޤިޔާމަތް ދުވަހު ސުވާލުކުރެއްވެވޭނީ ދަރިފޅު ފޮނުވީ އިންޓަރނޭޝަނަލް ސްކޫލަކަށްތޯއެއް ނޫނެވެ؟ ފީދައްކަން މަހަކު 1000 ޑޮލަރު ޚަރަދުކުރިންތޯއެއް ނޫނެވެ؟ އިތުރު ޙަރަކާތްތަކަށް މަހަކު ޚަރަދުކުރީ ކިތައް ޑޮލަރުތޯއެއްވެސް ނޫނެވެ! ނޫނީ ދަރިފުޅަށް ކިޔަވައިދިނީ ހުޅަނގާއި އެމެރިކާގެ ޤައުމަކުންތޯއެއްވެސް ނޫނެވެ. 

ތިބާއަށް ކުރައްވަވާނެ ހުރިހާ ސުވާލުތަކެއްވެސް ނިޞްބަތްވެގެންދާނީ ﷲ ތައާލާގެ މަގުގައި ދަރިފުޅު ތަރުބިއްޔަތުކުރަން ކުރި މަސައްކަތްތަކުގެ މައްޗަށެވެ. ފޮނުވި ސްކޫލުން ދަރިފުޅަށް އުނގަންނައިދިނީ އިސްލާމް ދީނާއި ބީރައްޓެހި ކަންތައްތަކަކަށްވެއްޖެނަމަ ތިބާއެވަނީ ބޮޑުތަނުން ފޭލްވެފައެވެ.  

ލޮބުވެތި މައިންބަފައިންނޭވެ! ބެލެނިވެރިންނޭވެ! ދަރިފުޅުގެ ހިތުގައި އިސްލާމް ދީނަށް ލޯބިޖައްސުވައި ފަރުޟު އަދާކުރުމަށް ޝައުޤުވެރިނުކުރުވިއްޖެ ނަމަ ކިޔަވައިދޭން ފޮނުވި ސްކޫލުގެ ނަމުގެ މޮޅުކަމާއި ކުރި ހޭދައިގެ ބޮޑުކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ﷲ ތަޢާލާ ތިބާ އާއި ޙަވާލު ކުރެއްވެވި ޒިންމާ އެވަނީ އަދާނުކުރެވިފައެވެ. ވީމާ މިކަންކަމަށް ފުރިހަމައަށް ތައްޔާރުވެ ތިބެގެންނޫނީ އާޚީރަތް ދުވަހު އެއްވެސް ސަލާމަތްކަމެއް ނެތެވެ! 

ތަޤްވާވެރި ތަނަވަސް ޢާއިލާތަކުގައި މިއަދު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެމީހުންގެ ތަނަވަސްކަމުގެ ސަބަބުން ދަރިންނަށް ކުރިމަތިވާ މައްސަލަތަކެވެ. މައިންބަފައިން ނަމާދުކުރެއެވެ. ހެޔޮ ޢަމަލުތައްވެސް ކުރެއެވެ. ނަމަވެސް ދަރިން ހަމައެގޭގައި ދިރިއުޅޭގޮތުން ގިނަފަހަރަށް ހީވަނީ ދެ ދީނެއްގެ، ދެ ޤައުމެއްގެ ބައަކު އެކުގައި އުޅޭހެންނެވެ.  

މިފަދަ ކަންކަން ކުރިމަތިވަނީ އަތުގައި ފައިސާހުރުމުން ދުނިޔޭގެ އެންމެ އަގުބޮޑު ސްކޫލްތަކަށް ކުދިން ފޮނުވާފަ އެކުދިންގެ ކަންކަން ބެލެހެއްޓުމަށް އެއްވެސް ސަމާލުކަމެއް ނުދެވޭތީއެވެ!  އިސްލާމް ދީނަށް ދަރިންގެ ހިތުގައި ދިރުވައި އާލާކުރަންޖެހޭ ލޯބި ދިރުވައި އާލާނުކުރެވުނީތީއެވެ. މައިންބަފައިން ސަމާލުކަންދީގެން ނަމާދުކުރިނަމަވެސް ދަރިން ލައްވައި ނަމާދުނުކުރެވުނީތީއެވެ. އެކަމަށް ސަމާލުކަން ނުދެވނީތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން