އެޗްޑީސީގެ ޗެއަރޕާސަން ފިޔަވައި ހުރިހާ ޑިރެކްޓަރުން ސަސްޕެންޑްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެޗްޑީސީގެ ޗެއަރޕާސަން ފިޔަވައި ހުރިހާ ޑިރެކްޓަރުން ސަސްޕެންޑްކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރޕާސަން ފިޔަވައި ހުރިހާ ޑިރެކްޓަރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަސްޕެންޑްކޮށްފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިނުމުގެ މައްސަލައިގައި ފުލުހުން ކުރަމުންދާ ތަޙުޤީޤަށް އެހީތެރިވުމުގެ ގޮތުންނެވެ.

ސަސްޕެންޑްކުރެވުނު ޑިރެކްޓަރުންގެ ތެރޭގައި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދު، އަދި ޑިރެކްޓަރުންގެ ގޮތުގައި ތިބި އަޒްހާރު އަބްދުﷲ ސަޢީދު، އިބްރާހިމް ޔޫސުފް ފުޅު، މުޙައްމަދު ވިޝާމް، އުލާ މުޙައްމަދު ރަޝީދު، އާރިފް އަބްދުއްސަމަދު، މުޙައްމަދު ނާޖިލް، މުޙައްމަދު ވަހީދު، ފާތިމަތު މިޒްނާ އަލީ އަދި ޔޫސުފް ވަހީދު ހިމެނެއެވެ.

މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދުގެ މައްޗަށް އިތުރު ފިޔަވަޅެއްގެ ގޮތުން އޮފީހަށް ނުނުކުމެވޭ ގޮތަށްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް، ފަޟުލް ވިދާޅުވެފައިވާ ގޮތުގައި ގޯތި ދޭނެ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީން ކަމަށާއި، އެޗްޑީސީން ގޯތި ދީފައިވަނީ މިނިސްޓްރީން ނިންމާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މިއަދު އޮންލައިން