ގޯތިތަކުގެ ޙައްޤުވެރިންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެކަމަށް ސަރުކާރުން ޔަޤީންކަން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ގޯތިތަކުގެ ޙައްޤުވެރިންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެކަމަށް ސަރުކާރުން ޔަޤީންކަން ދީފި

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވުނު ގޯތިތަކުގެ ޙައްޤުވެރިންގެ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް ސަރުކާރުން ޔަޤީންކަން ދީފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ.

ހީނާ ވަލީދު ވިދާޅުވީ، "މިކަމާއި ގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އަރުވަން" ކަމަށެވެ.

ހީނާ މިހެން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭގޮތުން ހިނގަމުންދާ ތަޙުޤީޤާ ގުޅިގެންނެވެ. މި ތަޙުޤީޤާ ގުޅިގެން، އެޗްޑީސީގެ ޗެއަރމަން ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުންނާއި މެނޭޖިންގ ޑިރެކްޓަރު ވަގުތީގޮތުން ސަސްޕެންޑް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން 9،000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގޯތި ލިބެންނުޖެހޭ ބަޔަކަށް ގޯތި ދީފައިވާކަމުގެ ތުހުމަތުގައި ފުލުހުން ތަޙުޤީޤު ކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ތަޙުޤީޤު ކުރިއަށްދާއިރު، ސަރުކާރުން ދޫކުރި ގޯތިތަކުގެ ޙައްޤުވެރިންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެކަމަށް ސަރުކާރުން ދެއްވާފައިވާ ޔަޤީންކަމަކީ ގިނަ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން