ޕާކް ކުރުމުގައި ސަމާލުކަންދެއްވާ!: މާލޭގެ 6 މަގަކުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ނަގަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ޕާކް ކުރުމުގައި ސަމާލުކަންދެއްވާ!: މާލޭގެ 6 މަގަކުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ނަގަނީ

މާލޭގެ މައި މަގުތަކުން ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މާލޭގެ 6 މައި މަގަކުންނެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދާ މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު، އަމީރު އަޙްމަދު މަގު އަދި ސޯސަން މަގު ހިމެނެއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދިމާވާ ދަތިތައް ޙައްލުކުރުމެވެ.

ފުލުހުންގެ ފަރާތުން ވިދާޅުވި ގޮތުގައި، މި މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައެވެ. އަދި ޕާކިންގ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އާންމުންނަށް އިލްތިމާސް ކުރައްވައެވެ.

މި މަސައްކަތުގެ ސަބަބުން މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ޤަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ފުލުހުން އިންޒާރު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން