ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަޙުޤީޤެއް އޭސީސީ އާއި ފުލުހުން ގުޅިގެން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަޙުޤީޤެއް އޭސީސީ އާއި ފުލުހުން ގުޅިގެން ފަށައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ފަށައިފިއެވެ. މި ތަޙުޤީޤު ފެށިފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަކާ ގުޅިގެންނެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ތަޙުޤީޤު ފެށުމަށް ނިންމާފައިވަނީ ގޯތި އަދި ފްލެޓް ދޫކުރުމުގައި އުސޫލުތަކާ ޚިލާފުވެފައިވާކަމުގެ ޝައްކު އުފެދިފައިވާތީއެވެ. އަދި މިއީ އާންމު މަސްލަހަތު އެކުލެވޭ މައްސަލައަކަށްވާތީ ކަމަށްވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.

މި ތަޙުޤީޤުގެ ދަށުން، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯތި އަދި ފްލެޓް ދޫކުރުމުގައި ހިނގާފައިވާ އެންމެހައި މުޢާމަލާތްތައް ބަލައި، އެއްވެސް ކަހަލަ ކޮރަޕްޝަނެއް ހިނގާފައިވޭތޯ ބެލޭނެ ކަމަށް އޭސީސީން މަޢުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން