ގިނަ ބައެއްގެ ޢާންމު ކެއުމަށްބަލާއިރު ކުރެވޭ ކަމަކީ ބުރަ މަސައްކަތްކޮށްގެން ފައިށާ ހޯދާފައި ތިމާގެ ޞިއްޙަތަށް ފައިޑާނުކުރާނެ ގެއްލުންހުރި ތަކެތި އެފައިސާއަށް ގަނެ ހަށިގަނޑަށް ކާން ޖެއްސުމެވެ. އެކަން އެގޮތަށް ކުރަމުންވެސް ދުޅަހެޔޮ ޞިއްޙަތެއް ލިބުމަށްވެސް އެދެއެވެ. ވިސްނާފައި ނިކަން ބުނެބަލާށެވެ! މިދެކަންތައް ދިމާކޮށް މައްސަލަ ޙައްލުކުރެވޭނެ ހެއްޔެވެ؟
ހަށިގަނޑަށް ފައިދާނުކުރާނެ، ގެއްލުންހުރި ތަކެތި ކައިބޮއިހަދާނަމަ އެކުރެވޭ ކަމަކީ ދުއްވަމުންދާ އުޅަނދުގެ އިންޖީނު ހަލާކުކުރުމެވެ. އިންޖީނަށް ގެއްލުންދިނީމާ ދުވެލި ދާނީ މަޑުވަމުންނެވެ. އަދި ވަކިވަރަކަށްވުރެ ބޮޑަށް ގެއްލުންލިބުނީމާ އިންޖީނު ހުއްޓޭނެއެވެ. ޞިއްޙަތަށް ގެއްލުން ހުރި ތަކެތި ކައިބޮއިހަދާނަމަ އެކަމުގެ ސަބަބުން ހަށިގަނޑަށް ހަމަ މިބުނި މަގުން ކަންކަން ކުރިމަތިވާނެއެވެ.
ގިނަބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާއަށް ވިސްނަންޖެހޭ ކަންކަމަށް ވިސްނުމުގެ ބާރު ނުލިބުމެވެ. އަދި ހަމައެއާއިއެކު ކަންކަން ފަސޭހައިން ހަނދާން ނެތުމެވެ. ދަސްކުރާ ތަކެތީގެ އިތުރުން ދިރިއުޅެން ކުރަންޖެހޭ ކަންކަން ވެސް ފަސޭހައިން ހަނދާން ނެތުމެވެ. އެހެންވެ މިގެނެސްދެނީ އެ މައްސަލައަށް އެހީތެރިކަން ހޯދަން ކެއުމުގައި ޢަމަލުކުރަންޖެހޭ ކަމަށް ޑޮކްޓަރުން ފާހަގަކުރާ ބައެއް ކަންކަމެވެ. އިން ޝާ ﷲ
ކައިބޮއި ހަދާ ތަކެތިން ކަންކަން ވިސްނުމާއި ހަނދާން ހުންނަ މިންވަރަށް ވަރަށް ބޮޑު ތަފާތެއް ގެނެސްދެއެވެ.
ވިޓަމިން އީ، ބީ ވިޓަމިންސް، އަދި އޮމެގާ-3 ފެޓީ އެސިޑް ފަދަ ނިއުޓްރިއެންޓްސް ހިމެނޭ ކާނާ ކެއުމުން ކޮގްނިޓިވް ފަންކްޝަން ރަނގަޅުވާ ކަމަށް ދިރާސާ ރިވިއުއަކުން ދައްކައެވެ. އަދި އެއާ ޚިލާފަށް ސެޗުރޭޓެޑް ފެޓް ގިނައިން ހުންނަ ކާނާ ކެއުމަކީ ސިކުނޑީގެ ވަކި ވަޒީފާތަކަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް އެހެން ދިރާސާ ރިވިއުއަކުން ފާހަގަކޮށްފައިވެއެވެ.
މި ހޯދުންތަކަށް ބިނާކޮށް، ބާރުއަޅަނީ އާންމު ކެއުމުގެ ތެރޭގައި ފެހި ފަތް ހުންނަ ތަރުކާރީ، އެހެންވެސް ތަރުކާރީ، ބެރީ، އަދި "ސީފުޑް" ފަދަ ބާވަތްތައް ކެއުމަށެވެ. ސިއްހަތަށް ފައިދާހުރި ކެއުމުގެ ޕްލޭންތަކުގެ ތެރޭގައި ތަރުކާރީއާއި ޒައިތޫނި ތެޔޮ ފަދަ ސިއްހަތަށް ފައިދާހުރި ފެޓްތަކާއި މަހުން ލިބޭ އޮމެގާ-3 ފެޓީ އެސިޑް ހިމެނޭ މެޑިޓެރޭނިއަން ޑައިޓާއި މޭވާއާއި ތަރުކާރީއަށް ފޯކަސްކުރާ ޑޭޝް (ޑައިޓަރީ އެޕްރޯޗްސް ޓު ސްޓޮޕް ހައިޕަރޓެންޝަން) ޑައިޓް ހިމެނެއެވެ ލޯ ފެޓް ޑެއިރީ، ހޯލް ގްރޭންސް، އަދި މަދުން ސަރުބީ ހުންނަ މަހުގެ ބާވަތްތައް ހިމެނެއެވެ.
މައިންޑް ޑައިޓްގައި ހިމެނެނީ ސިކުނޑިއަށް ދުޅަހެޔޮ 9 ކާނާގެ ގްރޫޕެއް ކަމަށްވާ ފެހި ފަތް ހުންނަ ތަރުކާރީ، އެހެން ތަރުކާރީ، ނަޓްސް، ބެރީ، ބިސް، ހޯލް ގްރޭންސް، މަސް، ޕޯލްޓްރީ، އަދި ޒައިތޫނި ތެލެވެ. އަދި ސިއްހަތަށް ނުރަނގަޅު ފަސް ގްރޫޕެއް ލިމިޓް ކުރެއެވެ: ރަތް އެއްގަމު މަހާއި ބަޓަރ އަދި ސްޓިކް މާޖަރިން، ޗީޒް، ޕޭސްޓްރީ އަދި ފޮނި އެއްޗެހި، އަދި ފްރައިޑް ފުޑް އަދި ފާސްޓް ފުޑް އެވެ.
- ޞިއްޙީ މަޢުލޫމާތު: ޞިއްޙީ ޚަބަރު