ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ ﷺ قَالَ: «أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقاً، وَإِنْ كَانَتْ خَصْلَةٌ مِنْهُنَّ فِيهِ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا: مَنْ إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا خَاصَمَ فَجَرَ، وَإِذَا عَاهَدَ غَدَرَ»
ޢަބްދު ﷲ ބިން ޢަމްރު رَضِيَ اللَّهُ عَنْهُمَا، ނަބިއްޔާ ﷺ ގެ އަރިހުން ރިވާ ކުރެއްވިއެވެ: ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”އެ މީހެއްގެ ކިބައިގައި ހަތަރު (ސިފައެއް) ހުރެއްޖެ މީހަކީ މުނާފިގެކެވެ. އަދި އެއިން (އެންމެ) ސިފައެއް ހުއްޓަސް، އެ ސިފަ ދޫކޮށްފުމަށް ދާންދެން އޭނާގެ ކިބައިގައި އެ ހުރީ މުނާފިގުކަމުގެ ސިފައެކެވެ. (އެ ހަތަރު ސިފައަކީ) އޭނާ ވާހަކައެއް ދައްކައިފި ނަމަ، ދޮގު ހަދައެވެ. އަދި ވައުދެއް ވެއްޖެ ނަމަ، ޚިލާފުވެއެވެ. އަދި އަރައިރުމެއް ވެއްޖެ ނަމަ، (ހައްދުފަހަނަޅައި) ހުތުރު އެއްޗެހި ގޮވައެވެ. އަދި އަހުދެއް (އެއްބަސްވުމެއް) ވެއްޖެ ނަމަ، ޚިޔާނާތްތެރި ވެއެވެ.“
މި ޙަދީޘުން އެނގޭ ގޮތުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަތަރު ކަމެއް ނުވަތަ ހަތަރު ސިފައެއް މުސްލިމުންނަށް މަނާކުރެއްވެވިއެވެ. މިސިފަތައް ހުރެއްޖެނަމަ އެމީހަކު މުނާފިޤަކާ ވައްތަރުވެގެން ދާނެކަމެވެ. އެގޮތުން އެސިފަތަކަކީ:
· ވާހަކަދައްކައިފިނަމަ ދޮގުހެދުމާއި، ތެދުބުނުމުން ދުރުހެލިވުމެވެ.
· ޢަހްދެއް ވެއްޖެނަމަ އެޢަހްދާ ޚިލާފުވެ ޚިޔާނާތްތެރިވުމެވެ.
· ވައުދެއް ވެއްޖެ ނަމަ، ޚިލާފުވުމެވެ.
· އަރައިރުމެއް ވެއްޖެ ނަމަ، (ހައްދުފަހަނަޅައި) ހުތުރު އެއްޗެހި ގޮވުމެވެ.
ﷲ ތަޢާލާ ނަޙްލު ސޫރަތުގެ 91 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ ﴿٩١﴾
މާނައީ: "ތިޔަބައިމީހުން اللَّه އަށް عهد ކޮށްފިނަމަ، އެ عهد ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، اللَّه ދެނެވޮޑިގެންވެތެވެ. (91)"
· ވައުދެއް ވެއްޖެ ނަމަ، ޚިލާފުވުމެވެ.
އަންފާލް ސޫރަތުގެ 27 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَٰنَٰتِكُمْ وَأَنتُمْ تَعْلَمُونَ ﴿٢٧﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! (27)"